ބެލިންހަމްގެ މައިންބަފައިންނަށް ޑޯޓްމެންޑުން ފިޔަވަޅު އަޅައިފި!
ބެލިންހަމްގެ މައިންބަފައިންނަށް ޑޯޓްމެންޑުން ފިޔަވަޅު އަޅައިފި!

ބޮރޫޝިއާ ޑޯޓްމެންޑްގެ މިޑްފީލްޑަރު ޖޯބެ ބެލިންހަމްގެ މައިންބަފައިންނަށް، އެ ކްލަބުން ފިޔަވަޅު އަޅައިފި އެވެ.

ބެލިންހަމްގެ މައިންބަފައިންނަށް ޑޯޓްމެންޑުން ފިޔަވަޅު އަޅައިފި!
ބެލިންހަމްގެ މައިންބަފައިންނަށް ޑޯޓްމެންޑުން ފިޔަވަޅު އަޅައިފި!

ޖަރުމަނުގެ ބިލްޑް ނޫހުން ބުނި ގޮތުގައި ޖޯބެ ބެލިންހަމްގެ މައިންބަފައިންނަށް ފިޔަވަޅު އެޅީ އޭނާގެ ބައްޕަ، މާކް ބެލިންހަމް އެ ކްލަބްގެ ކޯޗު ނިކޯ ކޮވާކާ ކުރިމަތިލާން ޗޭންޖިން ރޫމަށް ދިއުމުންނެވެ.

އެ ނޫހުން ބުނި ގޮތުގައި މި ސީޒަންގައި ޑޯޓްމެންޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފަށް ފަހު އޭނާ ބާލައި އެހެން ކުޅުންތެރިޔަކު ކުޅެން އެރުވި އެވެ.

ޖޯބެ ބަދަލު ކުރި ސަބަބު ސާފު ކުރަން ކްލަބްގެ ޗޭޖިން ރޫމަށް، މާކް ވަން މައްސަލަ ބޮޑުވި އެވެ. އެހެންވެ ޗޭޖިން ރޫމް ސަރަހައްދަށް ވެސް ވަނުން އޭނާގެ މައިންބަފައިންނަށް، އެ ކްލަބުން މަނާކޮށްފައިވާ ކަމަށް ބިލްޑް ނޫހުން ބުންޏެވެ.

ޖޯބެ ބެލިންހަމްގެ ބޭބެ، ޖޫޑެ ބެލިންހަމް ވެސް ކުރިން ޑޯޓްމެންޑަށް ކުޅުނެވެ. ރެއާލް މެޑްރިޑުން ސޮއި ކުރުވީ ޑޯޓްމެންޑަށް ކުޅެމުންދަނިކޮށެވެ.

ބެލިންހަމްގެ އާއިލާ އާއި ޑޯޓްމެންޑާ ދެމެދު އުފެދިފައިވާ ބަދަހި ގުޅުމުގެ ތެރެއިން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި އެ ކްލަބުން ސޮއި ކުރުވި އެވެ. ނަމަވެސް ޖޫޑެ ބެލިންހަމް ދެއްކި ކުޅުން، ޖޯބެ ބެލިންހަމް އަށް ދެއްކޭ ގޮތެއް ނުވެ އެވެ.

އޭނާގެ ބައްޕަގެ މައްސަލައިގައި އޭނާ އަށް ޕްރެޝަރު ކުރިމަތިވާނެ ކަމަށް ބިލްޑުން ބުންޏެވެ.

ޖޯބެ ބެލިންހަމްއާ އެކު މާކު ދިރިއުޅެނީ ޑޯޓްމެންޑްގަ އެވެ. އޭނާގެ މަންމަ ޑެނީސް ބެލިހަމް ދިރިއުޅެނީ ޖޫޑް ބެލިންހަމް އާ އެކު މެޑްރިޑްގަ އެވެ.