ކުއްޖަކާ ބެހުނުކަމަށް ތުހުމަތުވި މީހަަކަށް ސްޓްރޯކެއް ޖެހުމުން އިސްތިއުނާފު އަނބުރާ ގެންދަން ނިންމައިފި
ކުއްޖަކާ ބެހުނުކަމަށް ތުހުމަތުވި މީހަަކަށް ސްޓްރޯކެއް ޖެހުމުން އިސްތިއުނާފު އަނބުރާ ގެންދަން ނިންމައިފި

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުކުރެވޭ މީހަކަށް ސްޓްރޯކެއް ޖެހި ވާގި ނެތުމުން އެ މައްސަލައިގެ އިސްތިއުނާފު އަނބުރާ ގެންގޮސްފި އެވެ.

ހައި ކޯޓުން އެ ދައުވާ ބާތިލުކުރި ރިޕޯޓުގައި ބުނީ އެ ހާދިސާ ހިނގި ފަހުން 8 އަހަރު ފާއިތުވެފައިވާ ކަމަށާއި އެ މައްސަލަ އެ ކޯޓުގައި އިސްތިއުނާފްކުރި ފަހުން 4 އަހަރުވިޔަސް މައްސަލަ ނިމިފައި ނުވާ ކަމަށެވެ.

އެކަަމަކު އެ މައްސަލާގައި ދައުވާކުރާ މީހާއަށް ސްޓްރޯކެއް ޖެހުމުގެ ސަބަބުން ވާގިނެތި، މިވަގުތު ވެސް އޭނާއަށް އެޑްމިޓްކޮށްގެން އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓުގައި ވެ އެވެ.

އެހެންވެ، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް އަނިޔާ ލިބުނު ކުއްޖާގެ މަންމަ، ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މައުލޫމާތު ދީފައިވާތީ އެ މައްސަލަ އިތުރަށް ނުގެންދަން ޕީޖީ އޮފީހުން ވެސް ނިންމާފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެެ.

އެ މައްސަލައާ ގުޅިގެން ދައުވާ ބާތިލުކުރަން ނިންމާފައި ވަނީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.