އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި
އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި

އދ. އޮމަދޫ ކައިރީ އޮންނަ ކުޑަދޫފަޅާއި އިތުރު ދެ ފަޅަކީ އެ ރަށުގެ ބައެެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އޮމަދޫގައި ފަތުރުވެރިކަމާއި އިގްތިސާދީ ގޮތުން ރައްޔިތުންނަށް މަންފާކުރާނެ ތަރައްގީގެ މަސައްކަތްތައް ކުރުމަށް ކުޑަދޫފަޅާއި ކޯޑު ނަމްބަރު RF1329 ފަޅާއި RF1330 އަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.

ރައީސް އެގޮތަށް ނިންމެވިއިރު އެމަނިކުފާނު މިވަގުތު ހުންނެވީ ވެސް އދ. އަތޮޅުގެ ކައުންސިލުތަކާއި ރައްޔިތުންނަށް ބައްދަލުކުރައްވަން އެ އަތޮޅުގަ އެވެ.

މީހުން ދިރިއުޅޭ ރަށްތަކާ ކައިރީގައި ހުރި ފަޅުރަށްރަށް އިހުތިސާސްގައި ހިމެނުއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ފަޅުރަށްތައް ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނުއްވި އެވެ.