ތޫނު އަޑު ފޮނުވާ ހަތިޔާރު ކުރިން ވެސް އެއްވުންތަކުގައި ބޭނުންކުރި: އިހުސާން
ތޫނު އަޑު ފޮނުވާ ހަތިޔާރު ކުރިން ވެސް އެއްވުންތަކުގައި ބޭނުންކުރި: އިހުސާން

މުޒާހަރާތައް ރޫޅާލުމަށް ބޭނުންކުރާ، ތޫނު އަޑު ފޮނުވާ ހަތިޔާރު ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) މީގެ ކުރިން ވެސް ފުލުހުން ބޭނުންކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

ތޫނު އަޑު ފޮނުވާ ހަތިޔާރު ކުރިން ވެސް އެއްވުންތަކުގައި ބޭނުންކުރި: އިހުސާން
ތޫނު އަޑު ފޮނުވާ ހަތިޔާރު ކުރިން ވެސް އެއްވުންތަކުގައި ބޭނުންކުރި: އިހުސާން

އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުން އެންމެ ފުރަތަމަ އެލްއާރުއޭޑީ ބޭނުންކުރީ 2013 ވަނަ އަހަރު ކަމަށެވެ. ފުލުހުންގެ ހާއްސަ އޮޕަރޭޝަންތަކުގައި އޭރު ބޭނުންކުރީ އެ ހަތިޔާރުގެ މޮޑެލް "އެލްއާރުއޭޑީ 300 އެކްސް" ފުލުހުންގެ ވެހިކަލެއްގައި ހަރުކޮށްގެން ކަމަށް އިހުސާން ވިދާޅުވި އެވެ.

ތޫނު އަޑު ފޮނުވާ ހަތިޔާރު ކުރިން ވެސް އެއްވުންތަކުގައި ބޭނުންކުރި: އިހުސާން
ތޫނު އަޑު ފޮނުވާ ހަތިޔާރު ކުރިން ވެސް އެއްވުންތަކުގައި ބޭނުންކުރި: އިހުސާން

މިދިޔަ ހުކުރު ދުވަހު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލަން ބޭނުންކުރީ އެ ހަތިޔާރުގެ "އެލްއާރުއޭޑީ 100 އެކްސް" މޮޑެލް ކަމަށާއި އެ މޮޑެލް އެންމެ ފުރަތަމަ ބޭނުންކޮށްފައި ވަނީ 2023 ވަނަ އަހަރު މެއި މަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ކަމަށް އިހުސާން ވިދާޅުވި އެވެ.

ތޫނު އަޑު ފޮނުވާ ހަތިޔާރު ކުރިން ވެސް އެއްވުންތަކުގައި ބޭނުންކުރި: އިހުސާން
ތޫނު އަޑު ފޮނުވާ ހަތިޔާރު ކުރިން ވެސް އެއްވުންތަކުގައި ބޭނުންކުރި: އިހުސާން

އިހުސާން ވިދާޅުވީ އެލްއާރުއޭޑީއަކީ ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި ޕަބްލިކް ސޭފްޓީ އެޖެންސީތަކާއި އަސްކަރިއްޔާ އާއި ގާނޫނު ތަންފީޒުކުރާ އެހެން އިދާރާތަކުން ވެސް މުޒާހަރާތައް ކޮންޓްރޯލްކުރުމަށާއި އެއްވުންތަކުގައި މުއާސަލާތުކުރުމަށާއި ބޯޑާ ސެކިއުރިޓީ އާއި މެރިޓައިމް ސޭފްޓީ އަދި އިމަޖެންސީގެ ހާލަތްތަކުގައި މެސެޖު ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އަންނަ އާލާތެއް ކަމަށެވެ.

ތޫނު އަޑު ފޮނުވާ ހަތިޔާރު ކުރިން ވެސް އެއްވުންތަކުގައި ބޭނުންކުރި: އިހުސާން
ތޫނު އަޑު ފޮނުވާ ހަތިޔާރު ކުރިން ވެސް އެއްވުންތަކުގައި ބޭނުންކުރި: އިހުސާން

އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު މުޒާހަރާ ރޫޅާލުމަށް މި ހަތިޔާރު ފުލުހުން ބޭނުންކުރުމުން އާންމުންގެ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑުވެފަ އެވެ.

ތޫނު އަޑު ފޮނުވާ ހަތިޔާރު ކުރިން ވެސް އެއްވުންތަކުގައި ބޭނުންކުރި: އިހުސާން
ތޫނު އަޑު ފޮނުވާ ހަތިޔާރު ކުރިން ވެސް އެއްވުންތަކުގައި ބޭނުންކުރި: އިހުސާން

އެލްއާރުއޭޑީއަކީ މުޒާހަރާތައް ކޮންޓްރޯލް ކުރަން އެކި ގައުމުތަކުގައި ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ. އެ އާލަތް ބޭނުންކުރަނީ މުޒާހަރާކުރާ މީހުންނަށް އިންޒާރު ދިނުމަށެވެ. އަދި ފުލުހުންގެ އަމުރަށް ތަބާނުވެއްޖެ ނަމަ ކަންފަތަށް އުނދަގޫވާ ވަރުގެ ވަރަށް ތޫނު އަޑެއް އެ އިން ފޮނުވަ އެވެ.

ތޫނު އަޑު ފޮނުވާ ހަތިޔާރު ކުރިން ވެސް އެއްވުންތަކުގައި ބޭނުންކުރި: އިހުސާން
ތޫނު އަޑު ފޮނުވާ ހަތިޔާރު ކުރިން ވެސް އެއްވުންތަކުގައި ބޭނުންކުރި: އިހުސާން

މި އާލާތަކީ މާ ކައިރީގައި ބަހައްޓައިގެން ބޭނުންކޮށްފި ނަމަ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭނެ އެއްޗެކެވެ. އެއިން އިވޭ އަޑުގެ ސަބަބުން ކަންފަތަށް ވަރަށް ބޮޑަށް ތަދުވެ، ދާއިމަށް ބީރުވުމުގެ ބިރު ވެސް އޮވެ އެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވާ ގޮތުގައި، އެ އާލާތް ބޭނުންކުރުމުގެ ހުއްދަ ފުލުހުންނަށް ނެތް ކަމަށާއި އެއީ ގާނޫނާ ހިލާފަށް ކުރި ކަމެކެވެ.

ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ އުސޫލުތައް ނުވަތަ އެސްއޯޕީތައް ހަދައި އާންމުކުރަން ޖެހޭއިރު، މި އާލާތް ބޭނުންކުރާނެ ގޮތުގެ އުސޫލެއް އާންމުކޮށްފައިވާކަން އެނގޭކަށް ނެތެވެ. އަދި މިހާތަނަށް ފުލުހުން އެކަން ސާފުކޮށްދީފައެއް ވެސް ނުވެ އެވެ. ފުލުހުން ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރާނެ އުސޫލު ހަދައި އާންމުކޮށްފައިވެ އެވެ.

އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި އެ އެއްވުމުން ފުލުހުން ވަނީ 8 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެކަކު ފިޔަވާ އެންމެން ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.