06 އޮކްޓޯބަރ 2025 - 12:03

އިންޑިއާ އާއި ދުނިޔޭގެ އެކި ތަންތަނުގައި ތަފާތު ގިނަ ޕްރޮޖެކްޓުތަކެއް ހިންގާފައިވާ އިންޑިއާގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ވަރިންދަރާ ކޮންސްޓްރަކްޝަންސް އިންޓަނޭޝަނަލް ލިމިޓެޑް (ވީސީއެލް) ގްރޫޕުން ރާއްޖޭގައި ހަދާ ލަގްޒަރީ އެޕާޓްމަންޓް ޕްރޮޖެކްޓު މިދިޔަ އޮގަސްޓު މަހު ވަނީ ލޯންޗުކޮށްފަ އެވެ. "ބްލޫ ލެގޫން"ގެ ނަމުގައި ލޯންޗުކުރި މި ޕްރޮޖެކްޓަކީ މިހާތަނަށް ލޯންޗުކުރި މިފަދަ އެންމެ ބޮޑު ޕްރޮޖެކްޓެވެ.

މިއީ ރާއްޖޭގެ ލަގްޒަރީ ދިރިއުޅުން މާނަކުރާ ގޮތް ބަދަލުކޮށްލާނެ ޕްރޮޖެކްޓަކަށް ވާނެ ކަމަށް ވީސީއެލް އިން ވަނީ ބުނެފަ އެވެ. ތަނުގެ ކުރެހުމަށް ބަލާއިރު ގިނަ ހިދުމަތްތަކެއް ހިމަނާފައިވަނީ ގުދުރަތީ ރީތިކަން ތަޖުރިބާކޮށް، ދިރިއުޅުން އިތުރަށް ފަސޭހަކޮށްދޭނެ އެކި ވަސީލަތްތަކާ އެކު ހިތްފަސޭހަ ދިރިއުޅުމަކަށް ބޭނުން ވާނެ ކަންކަމާ އެކުގަ އެވެ.

"ޕާލް" އަދި ކޮރަލް"ގެ ނަމުގައި ދެ ޓަވަރަކަށް ހަދާ 18 ބުރީގެ މި ޕްރޮޖެކްޓަކީ ދުނިޔޭގެ މަޝްހޫރު އާކިޓެކްޓް، ހަފީޒް ކޮންޓްރެކްޓްގެ ޑިޒައިނެކެވެ. އޭނާގެ އެކި ޑިޒައިންތަކުން ފެންނަ ރީތިކަމާއި ތަފާތުކަން، މި ޕްރޮޖެކްޓުން ވެސް އެންމެ ފުރިހަމައަށް ފެންނަން ހުންނާނެ ކަމަށް ވީސީއެލް އިން ބުނެ އެވެ.

އެ ތަނުގައި ދިރިއުޅޭ މީހުންނަށް އެންމެ ފުރިހަމައަށް ޕްރައިވެސީ ލިބޭނެހެން ތަނުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައި އިމާރާތަށް ވަނުމަށް ތިން އެންޓްރެސްއެއް ހުންނާނެ އެވެ. މިއިން ކޮންމެ އެންޓްރެސް އަކީ ޑަބަލް ހައިޓް ހުންނަ ގޮތަށް ފަރުމާކޮށްފައިވާ އުސް ސީލިންގެއް ހުންނާނެ ބޮޑު ލޮބީއެކެވެ.

ތަނުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ފުރިހަމައަށް ޕްރައިވެސީ ދިނުމުގެ ގޮތުން ބޮޑެތި ތިން ކޮޓަރީގެ އެޕާޓްމަންޓާއި 1+2 ކޮޓަރީގެ އެޕާޓްމަންޓުތައް ހަދާފައި ވަނީ ކޮންމެ ފްލޯއަކަށް ދެ އެޕާޓްމަންޓު ހުންނާނެ ގޮތަށް، ދެ ލިފްޓާއި ދެ ސިޑި ވެސް އެ ފްލޯތަކުގައި ހިމަނައިގެންނެވެ.
"ބްލޫ ލެގޫން"ގައި ހެދުމަށް ހަމަޖެހިފައި ވަނީ 1،035 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1،280 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1،340 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމަންޓާއި 1،795، 1،825 އަދި 1،875 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓެވެ.
މި ތަނުގެ އެޕާޓްމަންޓުތަކަކީ ކްރޮސްވެންޓިލޭޝަން ހަދާފައި ހުންނަ، ޒަމާނީ ޑިޒައިންތަކަށް ފެތޭ ގޮތަށް، ވޯކް-އިން ވޯޑްރޯބާއި ޕައުޑާ ޓޮއިލެޓް ވެސް ހުންނާނެ ތަނެކެވެ. މި ތަނުގެ އެޕާޓްމަންޓުތަކުގައި ބެލްކަނީގެ ބަދަލުގައި ހުންނާނީ ޑެކްތަކެކެވެ. މި ތަނަކީ އިރުއަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު ވެސް ފެންނަ ގޮތަށް ހަދާފައިވާ، ގުދުރަތީ އަލިކަން ލިބޭނެ، ޖާގަ ތަނަވަސް އެޕާޓްމަންޓުތަކެއް ހުންނާނެ ތަނެކެވެ. މި ތަނުގެ އެޕާޓްމަންޓުތަކުގައި ބޭނުންކުރާނީ ސްމާޓް ހޯމް ޓެކްނޮލަޖީ އެވެ.
ބްލޫ ލެގޫންގެ އެޕާޓްމަންޓުތަކުގެ ހިތްގައިމުކަމާއި އެތަނުގެ ދިރިއުޅުން އިތުރަށް ހިތްފަސޭހަ ކޮށްދޭނީ ތަނުގައި ހިމަނާ ވަސީލަތްތަކުންނެވެ. މި ތަނުގައި 35،000 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް އެތަނުގެ އެކި ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހާއްސަކޮށްފަ އެވެ. އެގޮތުން އެ ތަނުގައި 15،000 އަކަފޫޓުގެ ބޮޑު ކްލަބް ހައުސްއަކާއި 2،638 އަކަފޫޓުގެ ޖިމަކާއި 1،713 އަކަފޫޓުގެ ފެމިލީ އެންޓަޓެއިންމަންޓް ސެންޓަރެއް ހެދުމަށް ވަނީ ނިންމައިފަ އެވެ. އަދި އެތަނުގައި 1،900 އަކަފޫޓުގެ މަލްޓިޕާޕަސް ހޯލަކާއި 2،638 އަކަފޫޓުގެ ކުޑަކުދިންގެ ޕްލޭ އޭރިއާއަކާއި 15 ސީޓުގެ ތިއޭޓަރަކާއި ޑޭ ކެއާއެއް އަދި 4،564 އަކަފޫޓުގެ ގާޑަންއެއް ވެސް ހުންނާނެ އެވެ. އޭގެ އިތުރުން އެތަނުގައި ހަދާ 24،000 އަކަފޫޓުގެ ރޫފްޓޮޕް ގާޑަންގައި ޖޮގިން ޓްރެކްތަކާއި، މޭވާ ބަގީޗާތަކާއި، ކަބާނާތަކާއި، ބީބީކިއު ޒޯންތައް ހުންނާނެ އެވެ. މި ތަނުގެ ރޫފްޓޮޕްގައި ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ރޫފްޓޮޕް ސްވިމިން ޕޫލް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ތަނުގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންތަކާއި، ޕްރައިވެޓް ޕާކިން ފެސިލިޓީތައް ގާއިމުކޮށް 24 ގަޑިއިރު ސަވައިލެންސް ބެލެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
"ބްލޫ ލެގޫން" އަކީ ރާއްޖޭގެ ފުރަތަމަ އޯޕަން މޯލް ކޮންސެޕްޓް ކޮމާޝަލް ބިލްޑިން "ބްލޫ ލެގޫން އާކޭޑް" ވެސް ހިމަނައިގެން ފަރުމާކުރާ އިމާރާތެކެވެ. އެ ތަނުގައި ރީޓެއިލް އައުޓްލެޓްތަކާއި، ފުޑް ކޯޓްތަކާއި، އެސްކެލޭޓަރުތަކާއި، ރޫފްޓޮޕް ގާޑަންތަކާއި، ކުޑަކުދިން ކުޅޭ ސަރަހައްދުތަކާއި އެކު ގިނަ ބަޔަކު ގޮސްއުޅޭ ބޮޑު ސޯޝަލް ހަބަކަށް ވެގެންދާނެ އެވެ.
"ބްލޫ ލެގޫން"ގެ ކޮންސެޕްޓް ކުރެހުން އެޗްޑީސީއިން މިހާރު އެޕްރޫވްކޮށްފައި ވާއިރު، އެތަނުގެ މޮބިލައިޒޭޝަންގެ މަސައްކަތް ނިންމައި، ޑިސެމްބަރު މަހު އަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
"ބްލޫ ލެގޫން"ގެ މަސައްކަތް ކުރާ ވީސީއެލް ގްރޫޕަކީ 175 އަށް ވުރެ ގިނަ ޕްރޮޖެކްޓުތައް އިންޑިއާގެ އިތުރުން މޮރިޝަސް ފަދަ އެކި ގައުމުތަކުގައި ހިންގާފައިވާ ކުންފުންޏެކެވެ. އަދި މިއީ ރާއްޖޭގައި އެފްޑީސީގެ އަމަން ދޯދި ޓަވަރުގެ 1400 ހައުސިން ޔުނިޓްގެ މަސައްކަތް ކާމިޔާބުކަމާއި އެކު ނިންމާ، ދިވެހިންގެ އިތުބާރު ވެސް ހޯދާފައިވާ ކުންފުންޏެކެވެ.
ވީސީއެލް ގްރޫޕުގެ "ބްލޫ ލެގޫން"ގެ އެޕާޓްމަންޓުތައް މިހާރު ދަނީ ވިއްކަމުންނެވެ. އެތަންތަން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް 9532525 އިން އިތުރު މައުލޫމާތު ލިބޭނެ އެވެ.
ނޯޓު: މިއީ ވީސީއެލް ގްރޫޕުގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.