އައްޑޫގެ ރީތި އިކޯ ގާޑެން "އަންދާލައި" އަޅިއަށް ހަދައިފި!
އައްޑޫގެ ރީތި އިކޯ ގާޑެން "އަންދާލައި" އަޅިއަށް ހަދައިފި!

ޖެހިޖެހިގެން މިދިޔަ ދެ ދުވަހު ހިނގި އަލިފާނުގެ ހާދިސާތަކުގައި އައްޑޫ މީދޫގެ މަތިކިޅި އިކޯ ގާޑެންގެ ގާތްގަނޑަކަށް 80 ޕަސެންޓް އަނދައިފި އެވެ.

އައްޑޫގެ ރީތި އިކޯ ގާޑެން "އަންދާލައި" އަޅިއަށް ހަދައިފި!
އައްޑޫގެ ރީތި އިކޯ ގާޑެން "އަންދާލައި" އަޅިއަށް ހަދައިފި!

މިދިޔަ ހޮނިހިރު ދުވަހާއި އިއްޔެ ވެސް މަތިކިޅީގައި ވަނީ އަލިފާނުގެ ހާދިސާތައް ހިނގައިފަ އެވެ. ހޮނިހިރު ދުވަހު މެންދުރު ފަހު ރޯވި އަލިފާންގަނޑު ހުޅުމީދޫ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުންނާއި އާންމުންގެ މަސައްކަތުން ނިއްވާލެވުނީ ތިން ގަޑިިއިރެއްހާއިރު ވީ ފަހުންނެވެ.

އައްޑޫގެ ރީތި އިކޯ ގާޑެން "އަންދާލައި" އަޅިއަށް ހަދައިފި!
އައްޑޫގެ ރީތި އިކޯ ގާޑެން "އަންދާލައި" އަޅިއަށް ހަދައިފި!

އިއްޔެ ހެނދުނު 10:30 ހާއިރު ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ގާތްގަނޑަކަށް 9 ގަޑިއިރު ފަހުން ރޭ 7:05 ގައި ކަމަށް ސިފައިން ބުންޏެވެ.

އެ އަލިފާނުގެ ހާދިސާގައި ކުޅީގެ ބޮޑުބައެއް އަނދައިގެން ގޮސްފައިވާ ކަމަށް، ޕާކެއް ހަދައިގެން އެތަން ބަލަހައްޓަމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މަތިކިޅި ސޮސައިޓީގެ ރައީސް އަބްދުﷲ ޒުހުރީ މިއަދު "މިހާރު" އަށް ބުންޏެވެ.

އޭނާ ލަފާކުރާ ގޮތުގައި، މި ހާދިސާތަކުގައި ކުޅީގެ 80 ޕަސެންޓް ވަނީ އަނދައި އަޅިއަށް ވެފަ އެވެ.

އެތަނުގައި އަމިއްލައަށް ރޯވާނެ ކަމަކަށް އޭނާއަށް ގަބޫލެއް ނުކުރެވެ އެވެ. މިވަރުގެ ބޮޑު ހާދިސާއެއް ހިނގާނީ ބަޔަކު ގަސްތުގައި ރޯކޮށްގެން ކަމަށް އޭނާ ދެކެ އެވެ.

"ހިތަކަށް ރޯނުވާނެ ހަމަ. ކޮންމެސް ބަޔަކު ދޯ، ރޯކޮށްގެން ކަމަށް ހަމަ ބެލެވެނީ،" އޭނާ ބުންޏެވެ.

އެ އަލިފާނުގެ ހާދިސާގައި ވަނީ އިކޯ ގާޑެންގައި ހިނގަން ހަދާފައި އޮންނަ ލަކުޑި ވޯކްވޭގެ ބޮޑު ބައެއް ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފަ އެވެ. އެހެންވެ، މި ވަގުތަށް އެ ވޯކްވޭ ބޭނުން ނުކުރަން އާންމުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

"މާރާމާތުކުރެވޭ ވަރަށް ވުރެ ބޮޑަށް ޑެމޭޖުވެފައި ހުރީ،" ޒުހުރީ ބުންޏެވެ.

ޒުހުރީ ބުނީ އެތަނަށް ލިބުނު ސީދާ ގެއްލުން ބެލުމަށްޓަކާ އެސެސްމަންޓެއް ހަދަން ޖެހޭ ކަމަށެވެ.

މަތިކިޅީގައި މީގެ ކުރިން ވެސް އަލިފާނުގައި ހާދިސާތައް ހިނގާފައިވެ އެވެ. މިދިޔަ މާޗު މަހު ވެސް އެތަނުގައި ރޯވި އެވެ. އެކަމަކު، އެންމެ ބޮޑަށް ރޯވީ މިފަހަރު އެވެ.

ސަރުކާރުން 2020 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ މަތިކިޅި އަކީ 54 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އަދި ރާއްޖޭގެ އެންމެ ބޮޑެތި ޗަސްބިންތަކުގެ ތެރެއިން އެއް ތަނެވެ.

އެ ކުޅީގައި އޮޅުއަލަ އާއި ކާފަރުބުރު ގިނަ އަދަދަކަށް ހެދިފައި އޮވެ އެވެ. ދޫނީގެ އެކި ވައްތަރުތައް ތިރިކޮށް ހަދައި އެތަނުން ގިނަ އަދަދެއްގެ ކުޅީކުކުޅާއި ކަނބިލި ފެނެ އެވެ.