ދަނގެއްޗަށް ރަށުގެ ބިމަށްވުރެ ބޮޑު ސަރަހައްދެއް ހިއްކަން ހަވާލުކޮށްފި
ދަނގެއްޗަށް ރަށުގެ ބިމަށްވުރެ ބޮޑު ސަރަހައްދެއް ހިއްކަން ހަވާލުކޮށްފި

އދ. ދަނގެތީ ބިން ހިއްކުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ފުރަތަމަ ރަށަކަށް ދަނގެއްޗަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބެއްވި ބައްދަލުވުމުގައި، ބިން ހިއްމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބައި އެމްޓީސީސިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އެ ރަށު ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގޮސް ނިންމައިދެއްވާނެ ކަމަށެވެ.

ދަނގެތީ ކައުންސިލްގެ ސީނިއާ ކައުންސިލް އޮފިސަރު އައިމިނަތު ޝިފާނީ ވިދާޅުވީ ހާހަކަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އެ ރަށުން އެންމެ ފަހުން ގޯތި ދޫކުރީ މީގެ 21 އަހަރު ކުރިން ކަމަށެވެ.

ބިން ހިއްކުމުގެ މަޝްރޫއުއާ އެކު އަމިއްލަ ގޯއްޗެއްގެ ހުވަފެން ދެކެމުން އައި އެންމެންގެ އެ ހުވަފެން ހަގީގަތަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބިން ހިއްކުމުގެ އެ މަޝްރޫއުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ވެސް ވަރަށް ގިނަ ފައިދާތައް ކުރާނެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން އެ ރަށުގައި 27.32 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ރަށުގެ މިހާރު ބޮޑުމިނަކީ ސްޓެޓިސްޓިކް ބިއުރޯގެ ހިސާބުތަކަށް ބަލާއިރު 24.2 ހެކްޓަރެވެ.

ބިން ހިއްކުމުގެ މަޝްރޫއު 279.92 މިލިއަން ރުފިޔާއަށް ހަވާލުކުރީ 570 ދުވަސްތެރޭ ނިންމާ ގޮތަށެވެ.