ޓީމު ރޭވުމުގެ މައްސަލައެއް ނޯންނާނެ، ބަލިވީ ގޯސްތަކެއް ހެދިގެން: ފްލިކް
ޓީމު ރޭވުމުގެ މައްސަލައެއް ނޯންނާނެ، ބަލިވީ ގޯސްތަކެއް ހެދިގެން: ފްލިކް

ސެވިއްޔާ އަތުން 4-1 ން ބާސެލޯނާ ބަލިވުމުގައި އޭނާ ކުޅުވަން މަސައްކަތް ކުރާ އޮނިގަނޑުގެ މައްސަލައެއް ނެތް ކަމަށާއި ބަލިވީ ސީރިއަސް ގޯސްތަކެއް ހެދިގެންކަމަށް ބާސާގެ ކޯޗު ހެންސީ ފްލިކް ބުނެފި އެވެ.

ޓީމު ރޭވުމުގެ މައްސަލައެއް ނޯންނާނެ، ބަލިވީ ގޯސްތަކެއް ހެދިގެން: ފްލިކް
ޓީމު ރޭވުމުގެ މައްސަލައެއް ނޯންނާނެ، ބަލިވީ ގޯސްތަކެއް ހެދިގެން: ފްލިކް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގެ މެދުތެރޭގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބާސާ ބަލިވީ އެވެ. އާދިއްތަ ދުވަހުގެ ރޭ ސެވިއްޔާ އަތުން ބަލިވީ ވެސް ގޯސްތަކެއް ހެދިގެން ކަމަށް ފްލިކް ބުންޏެވެ.

"އަހަރެންނަކަށް ހީއެއްނުވޭ އެއީ ސިސްޓަމް ނުވަތަ އޮޑިގަނޑުގެ މައްސަލައެއްހެނެއް. ފުރަތަމަ ހާފުގައި އަހަރެމެންނަށް ހެދުނީ ސީރިއަސް ގޯސްތަކެއް. އަހަރެމެންނަށް ވާހަކަ ދެއްކޭނެ ގިނަ ކަންތައްތައް ހުންނާނެ. އެކަމަކު އަހަންނަށް ހީވާނީ ފުރަތަމަ ހާފުގައި އަހަރެމެންގެ ކުޅުން ރަނގަޅެއް ނޫންހެން. ދެވަނަ ހާފުގައި އަހަރެމެންގެ ކުޅުން ރަނގަޅު ކުރިން،" ފްލިކް ބުންޏެވެ.

ފުރަތަމަ ހާފުގައި ސެވިއްޔާ އަށް ޕެނަލްޓީއަކުން ލިޑްނަގައި ދިނީ ކުރިން ބާސާ އަށް ވެސް ކުޅުނު އެލެކްސިސް ސަންޗޭޒެވެ.

އެ ޕެނަލްޓީއަކީ ބާސާގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ރޮނަލްޑް އަރައުހޯ ސެވިއްޔާގެ އިއްސާކް ރޮމޭރޯ އަށް ކުރި ފައުލަކާ ހުޅިގެން ދިން ޕެނަލްޓީ އެކެވެ.

ރޮމޭރޯ ފަހުން ވަނީ ސެވިއްޔާ އަށް ލިޑް ފުޅާކޮށް ދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާގެ މާކޮސް ރަޝްފޯޑް އެ ޓީމަށް ލަނޑު ޖަހައި ދިނެވެ. ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ބާސާ އަށް ލިބުނެވެ. ރޮބަޓް ލެވަޑޯސްކީ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވީ އެވެ.

ދެވަނަ ހާފުގައި ސެވިއްޔާގެ އަނެއް ދެ ލަނޑު ޖެހީ ހޯޒޭ އެންހަލް ކަރްމޯނާ އާއި އަކޯރް އެޑަމްސް އެވެ.

ލަލީގާގެ އެއްވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. އެ ޓީމަށް 21 ޕޮއިންޓެވެ. ދެ ޕޮއިންޓްގެ ފަރަގަކުން ބާސާ އޮތީ ދެވަނައިގަ އެވެ.