ބީއެމްއެލް އެމެކްސް ކްރެޑިޓް ކާޑުން 50،000 ރިވާޑް ޕޮއިޓްސް
ބީއެމްއެލް އެމެކްސް ކްރެޑިޓް ކާޑުން 50،000 ރިވާޑް ޕޮއިޓްސް

ބީއެމްއެލް އެމެކްސް ކްރެޑިޓް ކާޑު ބޭނުންކޮށްގެން 50،000 ބީއެމްއެލް ރިވާޑް ޕޮއިންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ، އެ ޕްރޮމޯޝަންގެ ދަށުން 50 ނަސީބުވެރިން ހޮވާނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަން މި މަހުގެ 14 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ގުރުއަތުލުމުގައި ބައިވެރިވެވޭނީ ކްރެޑިޓް ކާޑުން 8،000ރ. އަށް ވުރެ ގިނައިން ހޭދަކުރާ ފަރާތްތަކަށެވެ. އެ ޕްރޮމޯޝަން ފެށީ މިދިޔަ މަހުގެ 15 ގަ އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ކާޑުތަކުން ޕީއޯއެސް އަދި ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތައް ވެސް ހިމެނޭނެ އެވެ.

ބީއެމްއެލް އިން އެމެކްސް ކާޑުގެ ޕްރޮމޯޝަނެއް ކުރިއަށް ގެންދާއިރު، އެމެރިކަން އެކްސްޕްރެސް ގުޅިގެން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ރާއްޖޭގެ ޓޫރިޒަމް މާކެޓް ކުރުމުގެ ގޮތުން "އެކްސްޕީރެންސް މޯލްޑިވްސް" ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ދާދިފަހުން ވަނީ ފަށައިފަ އެވެ. އޭގެ އިތުރުން، މީގެ ކުރިން ވެސް އެމެކްސް ކާޑުތަކުގެ ގިނަ ޕްރޮމޯޝަންތަކެއް ބީއެމްއެލް އިން ކުރިއަށް ގެންދެ އެވެ.