ބިޓްކޮއިންގެ އަގު 125،000 ޑޮލަރުން މަތިވެ ރެކޯޑެއް
ބިޓްކޮއިންގެ އަގު 125،000 ޑޮލަރުން މަތިވެ ރެކޯޑެއް

ބިޓްކޮއިނެއްގެ އަގު 125،000 ޑޮލަރުން މައްޗަށް އަރައި މިދިޔަ މަހުގެ ރެކޯޑް މުގުރާލައިފި އެވެ.

ބިޓްކޮއިންގެ އަގު މިދިޔަ މަހު ރެކޯޑް ހެދި އިރު 124،500 ޑޮލަރަށް އެރި އެވެ. އެކަމަކު މިއަދު ވަނީ 125،689 ޑޮލަރަށް އަރައި އެ ރެކޯޑް މުގުރާލައިފަ އެވެ.

ހެލްތު ކެއާ ފަންޑިން ފާސް ނުވެ އެމެރިކާގެ މައި ސަރުކާރު ހުއްޓުމަކަށް އައިސްފައި ވާއިރު އިންވެސްޓަރުންގެ ކަންބޮޑުވުމާ އެކު ބިޓްކޮއިންގެ އަގު މިހާރު ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.

ބްލޫމްބާގް ނިއުސް އިން ބުނި ގޮތުގައި އެމެރިކާގެ ސްޓޮކްގެ އަގު އުފުލެމުންދާތީ އާއި 'ސޭފް ހެވަންސް' އެސެޓްތަކަށް އިންވެސްޓަރުން ބަދަލުވަމުން ދިއުމަކީ އަގު އުފުލެމުންދާ ސަބަބެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އާއިލާއިން ވެސް ކްރިޕްޓޯކަރަންސީ ޕްރޮމޯޓްކޮށް، ކްރިޕްޓޯކަރަންސީން ގެންދަނީ މުއްސަނދިކަން އިތުރުކުރަމުންނެވެ.

ޑިޖިޓަލް އެސެޓްތަކަށް ޓްރަމްޕް ކުރައްވާ ތާއީދާ އެކު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ޖުލައި މަހު ވަނީ ކްރިޕްޓޯކަރަންސީއަށް ހުރި ހުރަސްކަން ނެތޭ ގޮތަށް މުހިންމު ތިން ބިލެއް ފާސްކޮށްފަ އެވެ.

އޭގެ ފަހުން ބިޓްކޮއިންގެ އަގު އުފުލެން ފެށި އެވެ.