މާގިރީގައި ކޮފީ ދުވަސް ފާހަގަކުރީ އިލީގެ ރަހަތަކުން
މާގިރީގައި ކޮފީ ދުވަސް ފާހަގަކުރީ އިލީގެ ރަހަތަކުން

ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ސިމްޑީ ރެސޫ އާއި މާގިރި ހޮޓެލް ގުޅިގެން، ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

މާގިރީގައި ކޮފީ ދުވަސް ފާހަގަކުރީ އިލީގެ ރަހަތަކުން
މާގިރީގައި ކޮފީ ދުވަސް ފާހަގަކުރީ އިލީގެ ރަހަތަކުން

ކޮފީ އަށް ލޯބިކުރާ ފަރާތްތަކާއި ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތްކުރާ ލީޑަރުންނާއި އިންފްލުއެންސަރުން ބައިވެރިވި އެ އިވެންޓުގައި، ސިމްޑީން ވިއްކާ އިލީ ބްރޭންޑުން މިފަހުން ތައާރަފްކުރި އާ ބުއިންތަކުގެ ރަހަތައް ވަނީ ތަޖުރިބާކޮށްފަ އެވެ. މަޝްހޫރު ލަވަ ކިޔުންތެރިޔާ އަހުމަދު ހުމާމް (ޒޯލޯ)ގެ ރީތި މިއުޒިކީ ހުށައެޅުންތަކާ އެކު ކުރިއަށް ދިޔަ އެ ހަރަކާތަށް ހޫނު ތަރުހީބެއް ލިބުނު ކަމަށް ސިމްޑީން ބުންޏެވެ.

މާގިރީގައި ކޮފީ ދުވަސް ފާހަގަކުރީ އިލީގެ ރަހަތަކުން
މާގިރީގައި ކޮފީ ދުވަސް ފާހަގަކުރީ އިލީގެ ރަހަތަކުން

އަދި މިއީ، ކޮފީއަށް ލޯބިކުރާ ގިނަ މީހުންނަށް އިލީ ކޮފީގެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދެވުނު ހަރަކާތެއްގެ ގޮތުގައި ވެސް އެ ކުންފުނިން ސިފަކުރެ އެވެ.

ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިމްޑީ އާއި މާގިރި ގުޅިގެން ވަނީ ހާއްސަ ގިވްއަވޭ ޕްރޮމޯޝަނެއް ވެސް ގެންގޮސްފަ އެވެ. މާގިރި ހޮޓެލްގެ ރެސްޓޯރަންޓުން އިލީ ކޮފީއެއް އޯޑަރު ކުރުމަށް ފަހު، އެ ކޮފީ ތަށީގެ ފޮޓޯ އިންސްޓަގްރާމުގައި ޕޯސްޓުކޮސްގެން ބައިވެރިވެވޭ އެ ޕްރޮމޯޝަނުގެ ކޮފީ މެޝިން ލިބުނު ނަސީބުވެރިޔާ ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކޮށްފަ އެވެ.

ޕްރޮމޯޝަނުގައި ދިނީ އިލީ އެކްސް9 ކްރޯމް ކޮފީ މެޝިނެކެވެ.

ސިމްޑީން އިލީ ކޮފީގެ އާ ރަހަތައް މާކެޓަށް ތައާރަފްކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭގެ ތެރޭގައި ކެރަމެލް މަކިއާޓޯ، އެސްޕްރެސޯ މާޓިނީ، ޗޮކްލެޓް ކުކީ ފްރެޕް، ހޭޒަލްނަޓް ކަޕަޗީނޯ، ވެނީލާ ލާޓޭ، ޑޭޓް އެންޑް ޕޮޕްކޯން ފްރީކް ޝޭކް، ވެނީލާ ލާޓޭ އަދި ކޮފީ މެންހެޓަން ހިމެނެ އެވެ. މި ބުއިންތައް މިހާރު މާގިރިން ލިބޭނެ އެވެ.

އިލީގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރަކީ ސިމްޑީ ގްރޫޕެވެ.