05 އޮކްޓޯބަރ 2025 - 11:40

އިސްތިރިން އަތުގައި ޖެހިގެން ނުވަތަ ހޫނު އެއްޗެއް ބަންޑުންވެ ހަންގަނޑު ފިހުމަކީ ވޭން ގަދަ ކަމެކެވެ. މިފަދަ ހާލަތަކަށް ތައްޔާރުވެ, މިފަދަ ކުދިކުދި އިންޖަރީތަކަށް ގޭގައި ފަރުވާދެވޭނެ ފަސްޓް އެއިޑް ކިޓުގައި މިފަދަ ހާލަތެއްގައި ފިހިފައިވާ ތަނަށް ފަރުވާ ދެވޭނެ ޕްރޮޑަކްޓެއް ހުރުން މުހިންމެވެ. "ބާންޝީލްޑް"ގެ އުފެއްދުންތަކަކީ އެކި ގްރޭޑުތަކުގެ ފިހުމަށް ފަރުވާދެވޭނެ އެކި އުފެއްދުންތައް ވިއްކާ ބްރޭންޑެކެވެ. މި ބްރޭންޑުގެ އުފެއްދުންތައް ރާއްޖޭގައި ވެސް މިހާރު ލިބެން އެބަހުއްޓެވެ.

އެސްޓީއޯ ހެލްތުކެއާ ސޮލިއުޝަންސްއިން ރާއްޖޭއަށް އެތެރެކޮށް ވިއްކާ "ބާންޝީލްޑް"ގެ އުފެއްދުންތަކަކީ ހަންގަނޑު ފިހުމުން ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭ އެކި އުފެއްދުންތައް ވިއްކާ ދެކުނު އެފްރިކާގެ މަޝްހޫރު ބްރޭންޑެކެވެ. މި ބްރޭންޑުގެ އުފެއްދުންތަކުގައި ތަނެއް ފިހިގެން ކުރިމަތިވެދާނެ އިންފެކްޝަނަކުން ރައްކާތެރިކޮށްދިނުމަށް ޓީ ޓްރީ އޮއިލް ފަދަ އިންގްރިޑިއެންޓުތައް ވަނީ ހިމަނައިފަ އެވެ. އަދި ފިހިފައިވާ ތަނަށް ވަގުތުން ފިނިކަން ގެނެސްދޭނެ ހައިޑްރޯޖެލް ވެސް ވަނީ ހިމަނާފަ އެވެ. ހައިޑްރޯޖެލް އަކީ އިންފެކްޝަންތަކުން ރައްކާތެރިކޮށްދޭނެ, ވޯޓާ ބޭސްޑް އިންގްރިޑިއަންޓެކެވެ. އެލާޖިކުވުމުން ވެސް މިއިން ރައްކާތެރިކޮށްދެ އެވެ. ހައިޑްރޯޖެލް ހިމެނޭ އުފެއްދުންތަކަކީ ކުޑަކުދިންގެ ހަމުގައި ވެސް ބޭނުން ކުރެވޭނެ, ރައްކާތެރި ޕްރޮޑަކްޓުތަކެކެވެ.

އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ "ބާންޝީލްޑް" އުފެއްދުންތަކުގެ ތެރޭގައި ބާން ބްލޮޓް, ހައިޑްރޮޖެލް ސްޕްރޭ ބޮޓަލް, ލިމްބް/ނެކް ޑްރެސިން, ޑިލަކްސް ބާންޓް ކިޓް އަދި މިނީ ބާންޓް ކިޓް ހިމެނެ އެވެ.
ބާން ބްލޮޓް: މިއީ ފިހިފައިވާ ސަރަހައްދުތަކުގައި ބޭނުން ކުރެވޭ ހައިޑްރޯޖެލް އެކެވެ. ފިހިފައިވާ ހަންގަނޑަށް މީގެ ސަބަބުން ފިނިކަން ގެނެސްދޭނެ އެވެ. އަދި ހަންގަނޑުގެ ފިހުމުގެ ސަބަބުން ޓިޝޫތަކަށް އިތުރަށް ލިބޭ ގެއްލުންތައް ކުޑަކޮށްދެ އެވެ.
ހައިޑްރޯޖެލް ސްޕްރޭ ބޮޓަލް: މީގައި ބާންޝީލްޑް ސްޓެރައިލް ޓްރޯމާ ހައިޑްރޯޖެލް ހިމެނެ އެވެ. މި ޖެލްގެ ސަބަބުން، ހަމަށް ލިބޭ ގެއްލުން ކުޑަކޮށްދީ, އަނދާފައިވާ ނުވަތަ އެނދުމުގެ ސަބަބުން ޒަހަމްވެފައިވާ ސަރަހައްދަށް ފިނިކަމެއް ގެނެސްދޭނެ އެވެ.
ލިމްބް/ ނެކް ޑްރެސިންގް: މިއީ ބާންޝީލްޑް ސްޓެރައިލް ޓްރޯމާ ހައިޑްރޯޖެލް ހިމެނޭ ބެންޑޭޖެވެ. މި ބެންޑޭޖަކީ ބޭނުން ކުރަން ފަސޭހަ އަދި ހަމަށް ލިބިފައިވާ ގެއްލުން ކުޑަކޮށްދިނުމަށް އެހީވެދޭނެ އެއްޗެކެވެ.
ޑިލަކްސް ބާންޓް ކިޓް އަދި މިނީ ބާންޓް ކިޓް ބޮކްސް: މި ކިޓްތަކަކީ ފިހިފައިވާ ސަރަހައްދުތަކުގައި ބޭނުންކުރަން ހާއްސަ ބާންޝީލްޑް ގެ ޕްރޮޑަކްޓްތައް އެކުލެވޭ ކިޓްތަކެކެވެ. މި ކިޓްތަކުގައި ހައިޑްރޯޖެލް ބެންޑޭޖް އަދި ފޯމް ފަދަ، ވަގުތުން ފަރުވާ ދޭން ބޭނުން ކުރެވޭނެ ޕްރޮޑަކްޓްތައް ހިމެނެ އެވެ.
"ބާންޝީލްޑް"ގެ އުފެއްދުންތަކަކީ ގޭގެއިން ފެށިގެން ހޮސްޕިޓަލްތަކުގައި ވެސް ފިހިފައިވާ ތަންތަނަށް ފަރުވާ ދިނުމުގައި ބޭނުން ކުރެވޭނެ އުފެއްދުންތަކެކެވެ. މިއީ ފިހިގެން ލިބޭ ގެއްލުންތަކަށް, ލުއިކަން ގެނެސްދީ, އިންފެކްޝަންތަކުން ރައްކާތެރިވުމުގައި އެހީވެދޭނެ ޕްރޮޑަކްޓުތަކެކެވެ. މި ޕްރޮޑަކްޓުތައް އެސްޓީއޯއިން ލިބޭނެ އެވެ.
ނޯޓު: މިއީ އެސްޓީއޯގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.