ރާއްޖޭގެ ޓީއެންޓީ؛ ރެޑްބުލް ފޯ 2 ސްކޯ ވޯލްޑް ފައިނަލްސްގެ ގަދަ 16 އަށް
ރާއްޖޭގެ ޓީއެންޓީ؛ ރެޑްބުލް ފޯ 2 ސްކޯ ވޯލްޑް ފައިނަލްސްގެ ގަދަ 16 އަށް

ރެޑްބުލް ފޯ ޓޫ ސްކޯ ވޯލްޑް ފައިނަލްސްގެ ގަދަ 16 އަށް ރާއްޖޭގެ ކްލަބް ޓީއެންޓީ ދަތުރު ކޮށްފި އެވެ.

ރާއްޖޭގެ ޓީއެންޓީ؛ ރެޑްބުލް ފޯ 2 ސްކޯ ވޯލްޑް ފައިނަލްސްގެ ގަދަ 16 އަށް
ރާއްޖޭގެ ޓީއެންޓީ؛ ރެޑްބުލް ފޯ 2 ސްކޯ ވޯލްޑް ފައިނަލްސްގެ ގަދަ 16 އަށް

އޮސްޓްރިއާގެ ސަލްޒްބާގްގައި ކުރިއަށްދާ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ރާއްޖެ ތަމްސީލުކުރާ ޓީމުން ވަނީ ކްރޮއޭޝިއާއާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރު ވެފަ އެވެ. މިދިޔަ އަހަރު މި މުބާރާތުގައި ވާދަކުރި ޓީއެފްޓީ ވަނީ އެ ފަހަރުގެ ގަދަ 16 ގައި ކްރޮއޭޝިއާއާ ވާދަކޮށްފަ އެވެ.

ދެވަނަ މެޗުގައި ރާއްޖޭން ވާދަކުރަން ހަމަޖެހިފައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ނެދަލެންޑްސްއާ ދެކޮޅަށެވެ. އެކަމަކު އެ ޓީމު ހާޒިރު ނުވުމުން ރާއްޖެއަށް މެޗު ލިބުނީ 4-2 އިންނެވެ. ދެން ކުޅުނު މެޗުގައި ޖަޕާނާ ވާދަކޮށް 4-1 އިން ބަލިވި ނަމަވެސް ފަހު މެޗުގައި ވަނީ އޮމާން އަތުން 1-0 އިން މޮޅުވެފަ އެވެ.

އޮމާނުގެ މެޗުގައި ރާއްޖެއަށް ލަނޑު ޖަހައިދިނީ މޫސާ އަޒީމް ހަސަނެވެ. އޭނާއަކީ ދިވެހި ޕްރިމިއާ ލީގުގެ ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަނެވެ.

ގޯލްކީޕަރެއް ނުލައި ކުޅޭ މި 4v4 މުބާރާތުގައި ވާދަކުރާ ޓީއެންޓީގައި އަޒީމްގެ އިތުރުން ދެން ހިމެނެނީ ޕްރިމިއާ ލީގުގެ އޮޑި ސްޕޯޓްސް ކްލަބްގެ ފޯވާޑް އިސްމާއިލް ވިފާގާއި ނިއުރޭޑިއަންޓްގެ މުސައްނިފް މުހައްމަދު (މުސީ) އާއި ގދ. ވާދޫ ފުޓްސަލް ޓީމުގެ އިބްރާހިމް ޝައުފް މުހައްމަދުގެ އިތުރުން އާހިލް އަލީ އެވެ.

ޝައުފް އާއި އާހިލްގެ އިތުރުން މުސީ އަކީ ވެސް ވާދޫ ފުޓްސަލް ޓީމުގެ ކުޅުންތެރިންނެވެ. ވިފާގާއި އަޒީމް އަކީ ފުޓްބޯޅައިގެ އިތުރުން ދެ ކުޅުންތެރިން ނިސްބަތްވާ ފުވައްމުލައް ސިޓީ އާއި މާލޭ ސިޓީގެ ވިލިނގިލީ ފުޓްސަލް ޓީމުގެ ވެސް ކުޅުންތެރިންނެވެ.

ޓީއެންޓީ އަކީ 2005 ވަނަ އަހަރު އުފެދުނު ވާދުއަށް ނިސްބަތްވާ ކްލަބެކެވެ. އެ ޓީމު ރެޑްބުލް ފޯ ޓޫ ސްކޯގެ ފައިނަސް އަށް ކޮލިފައިވީ ހުޅުމާލޭ ޔޫތު ޕާކުގައި އޮގަސްޓް މަހު ބޭއްވި ރާއްޖޭގެ ކޮލިފަޔާސް ކާމިޔާމިޔާބު ކޮށްގެނެވެ. މި ފަސް ކުޅުންތެރިން ހިމަމައިގެން ކޮލިފައިންގައި ވާދަކުރި ޓީއެންޓީގެ ކޮލިފައިން މުބާރާތުގެ ޗެމްޕިއަންކަން ވެފައި ވަނީ އެ ކްލަބްގެ ތާރީހުގައި ވެސް މުބާރާތަކުން ހޯދި ފުރަތަމަ ކާމިޔާބީއަށެވެ.

އިއްޔެ ގުރޫޕް ސްޓޭޖް މެޗުތައް ވަނީ ނިމިފަ އެވެ. ނޮކައުޓް ބުރުގެ މެޗުތައް މިއަދު އޮންނާނެ އެވެ.