މިޔަރުގެ ހަމަލައެއްގައި ދިވެއްސަކު ވަަރަށް ބޮޑަށް ޒަޚަމްވެއްޖެ
މިޔަރުގެ ހަމަލައެއްގައި ދިވެއްސަކު ވަަރަށް ބޮޑަށް ޒަޚަމްވެއްޖެ

ދިވެހި ޒުވާނެއްގެ އަތުގައި މިޔަރެއް ދަތް އެޅުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

މިޔަރުގެ ހަމަލައެއްގައި ދިވެއްސަކު ވަަރަށް ބޮޑަށް ޒަޚަމްވެއްޖެ
މިޔަރުގެ ހަމަލައެއްގައި ދިވެއްސަކު ވަަރަށް ބޮޑަށް ޒަޚަމްވެއްޖެ

އއ. ނިކަ ރިސޯޓުގައި މަސައްކަތް ކުރާ އެ ޒުވާނާގެ އަތުގައި މިޔަރެއް ދަތް އެޅީ ޓޫރިސްޓުންނާ އެކު މަސް ބާނަން ނިކުމެ، މަހެއްގައި އަޅުވާފައި އިން ބުޅިގަނޑު ނައްޓަން އުޅުމުގެ ތެރޭގަ އެވެ.

އިތުރު ފަރުވާ އަށް އޭނާ ވަނީ މިއަދު ހެނދުނު މާލެ ގެނެސްފަ އެވެ.

މިޔަރުގެ މި ހަމަލާގައި ޒުވާނާގެ އަތުގެ މަސްތައް ވަނީ އެކި ހިސާބުތަކުން ވަރަށް ބޮޑަށް ނައްޓައިގެން ގޮސްފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 29 އަހަރުގެ ފިރިހެނެއްގެ އަތުގައި މިޔަރެއް ދަތް އަޅައިގެން، ސާޖަރީ ހަދަމުން އަންނަ ކަމަށެވެ. .