04 އޮކްޓޯބަރ 2025 - 19:01

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު 31 މިލިއަން ރުފިޔާއަށް ހުޅުމާލެ 2 އިން ބިމެއް ބައްލަވައިގެންފި އެވެ.
އެޗްޑީސީގެ މިލްކުވެރިކަމުގެ ދަށުގައި އޮތް 3،252 އަކަފޫޓްގެ ބިން ސިޔާމަށް 31 މިލިއަން ރުފިޔާއަށް އެޗްޑީސީން ވިއްކުމުން އެ ބިން ގަނެ، ފައިސާ ދައްކައި ވަނީ ހަލާސްކޮށްފަ އެވެ. އެހެންވެ، ބިމުގެ މިލްކުވެރިކަން ސިޔާމްއަށް ބަދަލުކޮށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.
މަތީ ފަންތީގެ ގިނަ ރިސޯޓްތަކެއް ހިންގަވައި، ސިޔާމްގެ އިތުރު ބިންތައް ވެސް ހުރެ އެވެ.
ހުޅުމާލޭ ސިޔާމް ބޮޑު ބިމެއް ބައްލަވައިގެންފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވެސް މިފަހުން ވަނީ ހުޅުމާލެއިން 28.7 މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގެންފަ އެވެ.