އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް
އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް
އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް

ސަރުކާރާ ދެކޮޅަށް ރޭ ނުވައެއް ޖެހިއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ފެށި ބޮޑު އެއްވުން ވަކި ހިސާބަކުން ހަމަނުޖެހުމަކަށް ބަދަލުވީ، މަޖީދީ މަގުން ލާފާއި އެއްވުމުގެ ބައިވެރިން ދާން ދިމާކުރި ހިސާބުންނެވެ. އެ ހިސާބުން ފުލުހުންނާއި އެމްޑީޕީގެ ބައިވެރިންނާ ދެމެދު ބޮޑު ކުރިމަތިލުންތަކެއް ހިނގައި 8 މީހަކު ހައްޔަރުކުރި އެވެ. އަދި އެއްވުން ކޮންޓްރޯލް ކުރަން ދޭތެރެދޭތެރެއިން ގިނަ އަދަދަކަށް ޕެޕާސްޕްރޭ ޖަހަމުން ގެންދިޔަ އެވެ.

އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް
އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް

އެ ކުރިމަތިލުމުގެ ވަކި ހިސާބަކުން ފެނުނީ މުޒާހަރާގެ ތެރެއިން މީހަކު ފުލުހުންގެ ޝީލްޑެއް ހިފައިގެންދާ މަންޒަރެވެ. އެ މަންޒަރު އެކްސްގައި އާންމު ކުރުމަށް ފަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޑިއުޓީގައި ތިބި ފުލުހުންގެ އަތުން ގަދަކަމުން ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އެއީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅުން ކަމަށް ވިދާޅުވެ އިހުސާން ވަނީ އެއީ އަނިޔާވެރި އަމަލުތަކެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް
އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް

އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲގެ ހާއްސަ ދުއާއަކުން ރޭ ގެ އެއްވުން 12 ޖަހާކަންހާއިރު ނިންމައިލުމަށް ފަހު، އެމްޑީޕީގެ ގާނޫނީ ޓީމުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޓީމުގެ ފަރާތުން ބުނީ، ރޭ ކުރިއަށް ގެންދިޔައީ ވެސް ނިންމައިލީ ވެސް "ސުލްހަވެރި އެއްވުމެއް" ކަމަށެވެ.

އެއްވުން ރޭ އެންމެ ހޫނުވި ވަގުތު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްވުމުގެ ބައިވެރިން ކުރިއަށް ދާން އުޅުނީ މަޖީދީ މަގުން ކަމަށާއި އެއީ ފުލުހުންނާ އެކު އެއްބަސްވި ގޮތެއް ނޫން ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެއްވުން ކުރިއަށް ގެންދަން އެމްޑީޕީން އެއްބަސްވެފައި އޮތީ އަމީނީ މަގާއި ބޮޑު ތަކުރުފާނު މަގުގަ އެވެ. އެ އެއްބަސްވުމާ ހިލާފު ނުވާން ރޭ އެންގުމުން އެ ކަމަށް އިޖާބަ ނުދީ، ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކުރި ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އޭގެ ރައްދުގައި އެމްޑީޕީގެ ގާނޫނީ ޓީމުން ރޭ ދަންވަރު ބުނީ، އެ ޕާޓީން ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ފުލުހުން ހިލާފު ވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީއަކުން ނޯންނާނެ ފުލުހުން ދީފައިވާ ރޫޓަކާ ހިލާފަށް އެއްވުން ބާއްވާނެ ކަމަކަށް އަންގާފައެއް. އެ އަށް އަޅުގަނޑުމެން ޖަވާބު ނުވެސް ދެނީސް ފުލުހުން އަމިއްލައަކަށް އަލުން އިއުލާނެއް ކޮށްފައި އެއްވުމަކީ ސުލްހަވެރިކަން ގެއްލިއްޖެ ކަމަށް އެ ބޭފުޅުން އަމިއްލަ އަށް ކަނޑައެޅުއްވީ. އެއީ އަދި އެއްވުން ބޭއްވުމުގެ ތިން ދުވަސް ކުރިން،" އެމްޑީޕީގެ ގާނޫނީ ޓީމުން ބުންޏެވެ.

ފުލުހުންނާ ދިމާލަށް ރޭގެ އެއްވުމުގެ ތެރެއިން ގަލާއި ފެންފުޅި އުކާފައިވާ ކަމަށް ފުލުހުން ބުނެފައިވާތީ، އޭގެ ރައްދުގައި އެމްޑީޕީގެ ގާނޫނީ ޓީމިން ބުނީ، އެއީ އެމްޑީޕީގެ ބައެއް ނޫން ކަމަށާއި އެ ޕާޓީގެ ސަޕޯޓަރެއް ވެސް އެ ކަހަލަ ކަމެއް ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ހަމަ ގައިމު ވެސް ނުކުތީ ވެސް ކުރިއަށް ގެންދިޔައީ ވެސް ނިންމައިލީ ވެސް ސުލްހަވެރި އެއްވުމެއް،" ގާނޫނީ ޓީމުން ބުންޏެވެ.

ރޭގެ އެއްވުމުގައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފަ އެވެ.

ރޭ ދަންވަރު ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި އެމްޑީޕީގެ ގާނޫނީ ޓީމުން ބުނީ، ފުލުހުން 8 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެކަމަކު، ރަސްމީ އެއްވެސް މައުލޫމާތެއް ފުލުހުން ނުދޭ ކަމަށް ބުންޏެވެ.

ނަމަވެސް އެއްވުން ކުރިއަށް ގެންދިޔަ ގަޑީގައި ނުވަތަ ރޭގެ 10:55 ހާއިރު ފުލުހުން މީޑިއާ އަށް ބުނީ ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ.

އެމްޑީޕީގެ އެއްވުމުގެ ދެ ދުވަސް ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދޭނެ ކަމަށާއި ނަމަވެސް ފުލުހުން ހުއްދަ ދީފައިވާ ރޫޓުގެ ބޭރުން، ސިޔާސީ ފަރާތްތަކުން ބާއްވާ އެމްޑީޕީގެ ހިނގާލުން ކުރިއަށް ގެންގޮސް އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުންޏެވެ.

އެކަމަކު، އެ ވާހަކަތައް އެމްޑީޕީން ވަނީ ވަގުތުން ދޮގުކޮށް، ހަމަނުޖެހުން ހިންގަން އުޅެނީ ސަރުކާރުން ކަަމަށް ބުނެފަ އެވެ.