އެމްޑީޕީގެ އެއްވުމާ ގުޅުވައި، މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ
އެމްޑީޕީގެ އެއްވުމާ ގުޅުވައި، މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ

އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވެފައިވަނިކޮށް، މާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަނަކާ ގުޅިގެން ކަމަށް ބުނެ، މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރަން ފުލުހުން ނިންމައިފި އެވެ.

އެމްޑީޕީގެ އެއްވުމާ ގުޅުވައި، މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ
އެމްޑީޕީގެ އެއްވުމާ ގުޅުވައި، މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ

"އެކްސް" ގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.

"މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދެން. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ އެންމެހައި ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން" ފުލުހުން ބުންޏެވެ.

ބައެއް ސަރަހައްދުތައް ބަންދު ކުރާނެ ކަމަށް ފުލުހުން ބުންޏަސް، އެ އޮޕަރޭޝަންގައި މާލޭން ބަންދު ކުރާނެ މަގުތަކުގެ ސީދާ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެމްޑީޕީން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުން މީހުންނާ އެކު "ލޫޓޫވައިފި ލޫޓޫވައިފި" ނަމުގައި މިރޭ 8:30 ގައި މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

އެ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މުޒާހަރާ ކުރުމަށް ހުއްދަ ދީފައިވަނީ ބޮޑުތަކުރުފާނު މަގުން ގޮސް މާލޭގެ ބޮޑު ހަ މަގަކުންނެވެ.

ނަމަވެސް، ފުލުހުން ހުއްދަ ދީފައިވާ ރޫޓުގެ ބޭރުން، ސިޔާސީ ފަރާތްތަކުން ބާއްވާ އެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ ތުހުމަތު އެމްޑީޕީން ވަނީ ދޮގުކޮށްފަ އެވެ.