އުރީދޫ ނޭޝަން އިން ބޭއްވި ރާއްޖޭގެ ފުރަތަމަ އެޓޯލްސް ލީގަށް ބޮޑު ތަރުހީބެއް
އުރީދޫ ނޭޝަން އިން ބޭއްވި ރާއްޖޭގެ ފުރަތަމަ އެޓޯލްސް ލީގަށް ބޮޑު ތަރުހީބެއް

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ހުޅުވާލައިގެން އުރީދޫ ނޭޝަން އިން ބޭއްވި "އެޓޯލްސް ލީގު" ކާމިޔާބުކަމާ އެކު ނިންމައި ވަނަތަކަށް ދިޔަ ޓީމުތަކަށް އިނާމު ދީފި އެވެ.

އުރީދޫ ނޭޝަން އިން ބޭއްވި ރާއްޖޭގެ ފުރަތަމަ އެޓޯލްސް ލީގަށް ބޮޑު ތަރުހީބެއް
އުރީދޫ ނޭޝަން އިން ބޭއްވި ރާއްޖޭގެ ފުރަތަމަ އެޓޯލްސް ލީގަށް ބޮޑު ތަރުހީބެއް

މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ އީސްޕޯޓްސް މުބާރާތެވެ. މިދިޔަ އޮގަސްޓު މަހު ފެށި މި ލީގުގައި، 16 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ 49 ޓީމު ވާދަކުރި އެވެ. ޖުމްލަ 294 ގޭމަރުންނާއި އެކު ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ކުޅުނީ ޕަބްޖީ މޮބައިލް އެވެ.

އުރީދޫ ނޭޝަން އިން ބޭއްވި ރާއްޖޭގެ ފުރަތަމަ އެޓޯލްސް ލީގަށް ބޮޑު ތަރުހީބެއް
އުރީދޫ ނޭޝަން އިން ބޭއްވި ރާއްޖޭގެ ފުރަތަމަ އެޓޯލްސް ލީގަށް ބޮޑު ތަރުހީބެއް

އަތޮޅުތަކުން ހޫނު ތަރުހީބެއް ލިބުނު މި މުބާރާތް ނިންމާ، މުބާރާތުގެ އިނާމު ދިނުމުގެ ހަފްލާ ރޭ، އުރީދޫގެ ހެޑް އޮފީހުގައި ވަނީ ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި ވަނަވަނައަށް ދިޔަ ޓީމުތަކާއި އެ ޓީމުތައް ނިސްބަތްވާ ރަށްރަށުގެ ކައުންސިލުން ބައިވެރިވި އެވެ.

ޖުމްލަ ބައިލައްކަ ރުފިޔާގެ ޕްރައިޒް ޕޫލެއް ހުށައެޅި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 25،000ރ. ކާމިޔާބު ކުރީ ކޮމަންޑޫ އެސްޑީއެމްޒެޑް އެންޖީ އެވެ. ލީގުގެ ދެ ވަނަ ހޯދައި ދެ ވަނައަށް ހުށައެޅި 12،000ރ. ކާމިޔާބުކުރީ ފުވައްމުލައް ސިޓީ އޭކޭޒެޑް އެވެ. ތިން ވަނަ ކާމިޔާބުކޮށް، 6،000ރ. ހޯދީ ލ. ފޮނަދޫ ޑީއެމްޒެޑް އެވެ. އަދި ހަތަރު ވަނަ ހޯދާ 3،000ރ. ކާމިޔާބު ކުރީ ޓީމް ބީ ކުޑަރިކިލު އެވެ. މި ލީގުގެ އެމްވީޕީގެ މަގާމު ހޯދައި އެމްވީޕީއަށް ހުށައެޅި 4000ރ. ކާމިޔާބު ކުރީ ފުވައްމުލަކު ސިޓީ އޭކޭޒެޑް، މާނު އެވެ.

ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަކީ ދިވެހި ގޭމިން ކޮމިއުނިޓީއަށް ބާރުވެރިކަން ހޯދައިދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގައި ވަރަށް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މިއީ މުޅި ރާއްޖޭއަށް ހުޅުވާލައިގެން ފުރަތަމަ އޮންލައިން މުބާރާތުގައި 16 އަތޮޅެއްގެ ކުޅުންތެރިން އެ މީހަކު ތިބި ތަނަކުން ކުޅެ އަމިއްލަ ރަށް ތަމްސީލު ކުރުމުގެ ފުރުސަތު ލިބިގެންދިޔަ މުބާރާތެއް ކަމަށް ވިދާޅުވި އެވެ.

އުރީދޫ ނޭޝަން އަކީ ދިވެހި ގޭމަރުން ބާރުވެރިކޮށް، ގޭމަރުންނަށް އާ ފުރުސަތުތައް ހޯދައިދީ، ރާއްޖޭގައި އީސްޕޯޓްސް ތަރައްގީކުރުމުގެ ގޮތުން އުރީދޫން ލޯންޗުކުރި ޕްލެޓްފޯމެކެވެ. އުރީދޫ ނޭޝަން އިން ވަނީ ކާމިޔާބުކަމާ އެކު ގޭމިންގެ ގިނަ މުބާރާތްތަކެއް ބާއްވައިފަ އެވެ.