ޣައްޒާ ފްލޮޓީލާގެ 400 މީހަކު އިޒްރޭލު ފުލުހުންނާ ހަވާލުކޮށްފި
ޣައްޒާ ފްލޮޓީލާގެ 400 މީހަކު އިޒްރޭލު ފުލުހުންނާ ހަވާލުކޮށްފި

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ ހިސާރުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް އެހީގެ ސާމާނު ފޯރުކޮށްދެވޭނެ މަގުތައް ހުޅުވާލުމަށް މަސައްކަތްކުރާ ގްލޯބަލް ސުމޫދް ފްލޮޓީލާގެ އުޅަނދުތައް ހުއްޓުވުމަށް ފަހު އޭގައި ތިބި ހަތަރު ސަތޭކައެއްހާ މީހުން އިޒްރޭލު ފުލުހުންނާ ހަވާލުކުރަމުންދާ ކަމަށް ބުނެފި އެވެ.

ޣައްޒާ ފްލޮޓީލާގެ 400 މީހަކު އިޒްރޭލު ފުލުހުންނާ ހަވާލުކޮށްފި
ޣައްޒާ ފްލޮޓީލާގެ 400 މީހަކު އިޒްރޭލު ފުލުހުންނާ ހަވާލުކޮށްފި

ކަނޑުމަގުން ޣައްޒާއަށް ދަތުރުކުރަނިކޮށް ފްލޮޓީލާގެ އުޅަނދުތައް ހުއްޓުވީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުންނެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފުވެ، ކިޑްނެޕް ކުރުމުގެ އަމަލެއް ކަމަށް ފްލޮޓީލާ އާއި އެކި ޖަމާއަތްތަކުން ބުނަމުން ދާއިރު އިޒްރޭލުން ބުނަނީ "ހަނގުރާމައެއްގައި އޮތުމުން ބަންދުކޮށްފައި އޮތް ސަރަހައްދަކަށް ވަންނަން އުޅޭ ނަމަ ހައްޔަރުކުރެވޭނެ" ކަމަށެވެ.

ޣައްޒާ ފްލޮޓީލާގެ 400 މީހަކު އިޒްރޭލު ފުލުހުންނާ ހަވާލުކޮށްފި
ޣައްޒާ ފްލޮޓީލާގެ 400 މީހަކު އިޒްރޭލު ފުލުހުންނާ ހަވާލުކޮށްފި

އޭއެފްޕީއާ ވާހަކަ ދެއްކި އިޒްރޭލުގެ އޮފިޝަލަކު ބުނީ ގާތްގަނޑަކަށް 12 ގަޑިއިރު ހޭދަވި އޮޕަރޭޝަނުގައި 41 އުޅަނދެއް ހުއްޓުވާފައިވާ ކަމަށެވެ. އެ އުޅަނދުތަކުގައި 400 އެއްހާ މީހުން ތިބި ކަމަށާއި އެ އެންމެން އަސްދޫދްގެ ބަނދަރަށް ގެންގޮސްފައިވާ ކަމަށާއި އެތަނުން އެ މީހުންގެ ކަންކަމާ ދެން ހަވާލުވާނީ ފުލުހުން ކަމަށް ބުންޏެވެ.

އެކި ގައުމުތަކުން ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންނާއި އެކި ދާއިރާތަކުގެ އެކްޓިވިސްޓުން ބައިވެރިވެެގެން މިދިޔަ މަހު ފެށި ދަތުރު ހުއްޓުވުމުގައި އިޒްރޭލުން އަމަލުކުރި ގޮތުން ޔޫރަޕާއި އޮސްޓްރޭލިއާ އާއި ދެކުނު އެމެރިކާ ސަރަހައްދުގެ އެކި ގައުމުތަކުގައި ވެސް އާންމުން ދަނީ މުޒާހަރާކުރަމުންނެވެ.

އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް ބާސެލޯނާގައި 15،000 އެއްހާ މީހުން އެއްވެ، އިޒްރޭލް ބޮއިކޮޓް ކުރުމަށާއި ފަލަސްތީނަށް މިނިވަންކުރަން ގޮވައިލި އެވެ.

ޑަބްލިންގައި ހުންނަ އަޔަލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ވެސް އެތައް ސަތޭކަ ބަޔަކު މުޒާހަރާ ކުރި އެވެ.

އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ، ޣައްޒާ ފްލޮޓީލާއާ ދެކޮޅަށް ވާހަކަ ދައްކަވާއިރު އެ ގައުމުގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ތިބީ މުޒާހަރާގަ އެވެ. މިލާން، ޓިއުރިން، ފްލޮރެންސް އަދި ބޮލޯނާ ފަދަ ސިޓީތަކުގައި ވެސް މުޒާހަރާތައް ކުރިއަށްދިޔަ އެވެ. އަދި މިއަދު ވަނީ ބޮޑު މުޒާހަރާއަކަށް ގޮވާލައިފަ އެވެ.

އިޒްރޭލުން ހުއްޓުވި އުޅަނދުތަކުގައި ދަތުކުރި މީހުންގެ ތެރޭގައި ބާސެލޯނާގެ ކުރީގެ މޭޔަރު އެޑާ ކޮލާއު އާއި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ކާފަ ދަރިކަލުން މަންޑްލާ މަންޑޭލާ އާއި ސްވިޑަންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް ފަދަ މީހުން ހިމެނެ އެވެ. އިޒްރޭލުން ބުނެފައިވަނީ އުޅަނދުތަކުގައި ތިބި އެންމެން ޔޫރަޕަށް ޑީޕޯޓްކުރާނެ ކަމަށެވެ.