ރައީސް ގައުމީ ޓީމާ އެކު، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ކަށަވަރުކަން ދެއްވި

ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް ގައުމީ ޓީމާ އެކު، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ކަށަވަރުކަން ދެއްވި
ރައީސް ގައުމީ ޓީމާ އެކު، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ކަށަވަރުކަން ދެއްވި

އެ މަނިކުފާނު އެހެން ވިދާޅުވީ، ސިޓްރޮން ރެސްޓޯރެންޓުގައި ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ގައުމީ ޓީމާ އެކު، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ކަށަވަރުކަން ދެއްވި
ރައީސް ގައުމީ ޓީމާ އެކު، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ކަށަވަރުކަން ދެއްވި

"ކުޅުންތެރިންނަށް ބޭނުންވާ އެކި ކަންކަމުގައި އަދި [ކުޅުންތެރިން] ކުރިއަށް ދިޔުމުގައި ވެސް އެހީތެރިކަން ދިނުމުގައި ވަރަށް ހައި ޕްރަޔޯރިޓީއެއް ދެން ފުޓުބޯޅަ އަށް. އެހެން ކުޅިވަރުތަކަށް ވެސް ދެން، އެކަމަކު ވަރަށް ބޮޑަށް އިސްކަން ދެން ފުޓްބޯޅަ ކުރިއެރުވުމަށް،" ގައުމީ ޓީމުގެ ކުޅުންތެރިންނާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ގައުމީ ޓީމާ އެކު، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ކަށަވަރުކަން ދެއްވި
ރައީސް ގައުމީ ޓީމާ އެކު، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ކަށަވަރުކަން ދެއްވި

އިއްޔެ ހަވީރު ބޭއްވި ބައްދަލުކުރެއްވުމުގައި ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު އާއި ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އަދި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދުގެ އިތުރުން އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އާއި އެ އިދާރާގެ އަދި ގައުމީ ޓީމުގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ގައުމީ ޓީމާ އެކު، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ކަށަވަރުކަން ދެއްވި
ރައީސް ގައުމީ ޓީމާ އެކު، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ކަށަވަރުކަން ދެއްވި

ކުރިޔަށް އޮތް "އިންޓަނޭޝަނަލް ބްރޭކް" އާ ދިމާކޮށް އަންނަ ހަފުތާގައި ތަޖިކިސްތާނާ ދެކޮޅަށް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރުމަށް ގައުމީ ޓީމު ފުރުމުގެ ކުރިން، އެ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި މެޗަށް ސަރުކާރުގެ ފަރާތުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނެ ކަމަށެވެ. އަދި ކުޅުންތެރިންނަށް ސަރުކާރުން ދޭ އިނާޔަތް ލިބޭނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު އިއްޔެ ދެއްވި އެވެ.

ރައީސް ގައުމީ ޓީމާ އެކު، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ކަށަވަރުކަން ދެއްވި
ރައީސް ގައުމީ ޓީމާ އެކު، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ކަށަވަރުކަން ދެއްވި

ފުޓުބޯޅައަކީ ސަރުކާރުން ނުހަނު ބޮޑު އަހަންމިއްޔަތުމަކެއް ދޭ ކުޅިވަރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް އެޅެން ދެން، ގަލޮޅު ދަނޑުގެ ކަންކަން ވެސް އެންމެ ރަނގަޅަށް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

ރައީސް ގައުމީ ޓީމާ އެކު، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ކަށަވަރުކަން ދެއްވި
ރައީސް ގައުމީ ޓީމާ އެކު، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ކަށަވަރުކަން ދެއްވި

ހަމަ އެއާ އެކު، މިދިޔަ މަހު ސްރީ ލަންކާގައި ބޭއްވި ގައުމީ ޓީމުން ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބު ކުރުމުން އެކަމަށް ވެސް ރައީސް މަރުހަބާ ދެންނެވި އެވެ. އެއީ ހަތް އަހަރަށް ފަހު ރާއްޖޭން ހޯދި ފުރަތަމަ ތައްޓެވެ.

ރައީސް ގައުމީ ޓީމާ އެކު، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ކަށަވަރުކަން ދެއްވި
ރައީސް ގައުމީ ޓީމާ އެކު، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ކަށަވަރުކަން ދެއްވި

އޭޝިއަން ކަޕްގައި ރާއްޖެ ތަޖިކިސްތާނުގައި އެ ގައުމުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އޭގެ ދެ ދުވަސް ފަހުން ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނީ މާލޭގަ އެވެ. ރާއްޖެ ހިމެނެނީ ތަޖިކިސްތާނުގެ އިތުރުން ޕިލިޕިންސާއި ޓިމޯ ލެސްޓޭއާ އެކު ކޮލިފައިންގެ ގުރޫޕް އޭގަ އެވެ.