އަބްދުއްރަހުމާންގެ މަރު: އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް
އަބްދުއްރަހުމާންގެ މަރު: އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް

މިދިޔަ ޖުލައި މަހު އއ. މާޅޮހުގައި އެ ރަށު އޯކިޑްމާގޭ އަބްދުއްރަހުމާން މަރާލި މައްސަލައިގައި ހައްޔަރުކުރި އަހުމަދު އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް ކޯޓުން ދީފި އެވެ.

އަބްދުއްރަހުމާންގެ މަރު: އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް
އަބްދުއްރަހުމާންގެ މަރު: އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް

އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން މަރާލި މައްސަލައިގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި 27 އަހަރުގެ އާޝިދުގެ އިތުރުން އެ މައްސަލައިގެ ތުހުމަތުވަނީ މުހައްމަދު ވިޝާމް، 22، އަދި އަހުމަދު ފާރިސް، 27، އެވެ. އެ އެންމެންނަކީ ވެސް މާޅޮހު މީހުންނެވެ.

އަބްދުއްރަހުމާންގެ މަރު: އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް
އަބްދުއްރަހުމާންގެ މަރު: އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް

މިދިޔަ އޯގަަސްޓު މަހު 21 ވަނަ ދުވަހުގެ ރޭ އެ ތިން މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ވިޝާމް އާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި އެވެ. އާޝިދުގެ ބަންދަށް އޭރު ދިނީ ފަސް ދުވަހެވެ. ނަމަވެސް ފަހުން 30 ދުވަސް އިތުރުކުރި އެވެ.

އެ މުއްދަތު މިދިޔަ މަހުގެ 25 ވަނަ ދުވަހަށް ހަމަވެފައިވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި ތިން މީހުންނަކީ ވަރަށް ގާތްކޮށް ރަށުތެރޭގައި އުޅޭ ބައެކެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައުލޫމާތު އާންމުކުރުން ފިޔަވައި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

އަބްދުއްރަހުމާނަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ފާރިސް، އަބްދުއްރަހްމާނަށް ހަމަލާދީފައި އޮތްކަން މީހުންނަށް އެނގުމުގެ ކުރިން އަބްދުއްރަހްމާންގެ ދަރިއަކަށް ގުޅި ކަމަށާއި އެ ކޯލް މިސްވެފައި އޮތުމުން އޭނާއަށް ގުޅައި ކިހިނެއްވީތޯ އެހުމުން ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ވެގެން އުޅޭ ގޮތެއް ބަލަން ކަމަށް ބުނެފައިވާކަން ވަނީ އެނގިފަ އެވެ.

ފާރިސް އަކީ އަބްދުއްރަހްމާންގެ އެ ދަރިއަށް ގުޅާ މީހެއް ވެސް ނޫން ކަމަށާއި ކޯލް މިސްވެފައި އޮތުމުން ފަހުން ގުޅުމުން އޭރު ގުޅީ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ވެގެން އުޅޭ ގޮތެއް ބަލަން ކަމަށް ބުނި ކަމަށް ވެ އެވެ.

އަބްދުއްރަހުމާންގެ ތިން ކުދިން ވެސް އެ ދުވަސްކޮޅު އުޅުނީ މާލޭގަ އެވެ.

އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި އެންމެ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. ދެމަފިރިން އެ ރޭ ނިދީ ދެ ކޮޓަރީގައި ކަމަށް ވާއިރު، ފިރިމީހާ އަށް ހަމަލަދީފައިވާކަން ނާޒިމާ އަށް އެނގުނީ އޭނާ "މިހާރު" އަށް ކިޔައިދީފައިވާ ގޮތުގައި ފާހާނާއަށް ދާން އެ ކޮޓަރި އަށް ވަން ވަގުތު އެވެ. އެއީ ޖުލައި 12 ވަނަ ދުވަހުގެ ރޭގެ ދަންވަރު އެކެއް ޖަހާކަންހާއިރެވެ.

އަބްދުއްރަހްމާން މަރުވީ ހަމަލާދީފައި އޮއްވައި ފެނިގެން ރަށު ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާ ދެނިކޮށް ހަމަ އެ ރެ އެވެ.

އަބްދުއްރަހުމާނަށް ދިނީ ކީއްވެ ކަމެއް ނޭނގެ އެވެ. އެކަމަކު އެއީ ސިހުރު ހަދާ ކަމަށް ތުހުމަތުކޮށް ހިންގި އަމަލެއް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.