ފަހު ވަގުތު އީގަލްސް ކައިރިން ނަތީޖާ ނެރެ ގްރީން އަށް ހަމަޖެހުން!
ފަހު ވަގުތު އީގަލްސް ކައިރިން ނަތީޖާ ނެރެ ގްރީން އަށް ހަމަޖެހުން!

މެޗުގެ އެންމެ ފަހު ވަގުތުގައި ޖެހި ލަނޑުން 3-2 ން އީގަލްސް ބަލިކޮށް، ގްރީން ސްޓްރީޓްސްއިން ހަމަނޭވާއެއް ލައިފި އެވެ.

މި ސީޒަނުގައި ހަތަރު މެޗު ކުޅެ، އީގަލްސްއިން ޕޮއިންޓަކުން ފަރުޖައްސަލެވުނީ ވެސް އެންމެ މެޗަކުންނެވެ. އެއީ ލީގުގެ ދެވަނަ ހާފުތާގައި ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ޗެރިޓީ ޝީލްޑް މެޗާއި ލީގު ހުޅުވުމުގެ ގޮތުން މާޒިޔާ އަތުން ދެ ފަހަރު އެ ޓީމު ބަލިވި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ގްރީން އަށް ނަތީޖާ ބަދަލުކޮށް ދިނީ އިރާގްގެ އުބައިދާ ހާދިމް އަހްމަދެވެ.

މެޗުގެ 11 ވަނަ މިނެޓްގައި ގްރީން އަށް ލީޑް ނަގައި ދިނީ އެވެ.

އީގަލްސްގެ އޭރިއާ ބޭރުން ގްރީންގެ އިބްރާހިމް ހާމިދު، އީގަލްސްގެ ޑިފެންސްގެ ތެރެއިން ތިރިތިރިން ބޯޅަ ފޮނުވާލީ އޭރިއާގެ ތެރެއަށް އުބައިދާ ވަންނާނެ ކަމަށެވެ. އެ ބޯޅަ އުބައިދާ ލިބިގަނެ ގޯލްގެ ތެރެއަށް ފޮނުވާލި އެވެ. އީގަލްސްގެ ކީޕަރު މުހައްމަދު އަޝްވާން އަށް އެ ބޯޅަ އަށް އެރުނުލެ ލަސްވުމުން، އޭނާ އަށް ސަލާމަތެއް ނުކުރެވުނެވެ.

ގްރީންގެ ދެވަނަ ލަނޑަކީ ކެޕްޓަން ރިލްވާން ވަހީދު، ސެންޓަ ސާކަލްގެ އޭރިއާގެ ތެރޭގައި ހުރެފައި ފޮނުވާލައިގެން ޖެހި ލަނޑެކެވެ. ގްރީންގެ ހާފުގެ ތެރެއިން ރިލޭ އަށް ބޯޅަ ލިބުމުން ސެންޓަ ސާކަލް ތެރެއިން ގޮސް އީގަލްސްގެ ހާފަށް އޭނާ އެރި އެވެ. ކީޕަރު އަޝްވާން ކުރިއަށް ނުކުމެ ހުރުމުން ބަލާލާފައި ރިލޭ ފޮނުވާލީ ބޯޅަ އަޝްވާންގެ ބޯމަތިން އޮހިގެން ގޮސް ވަނީ ގޯލްގެ ތެރެއަށެވެ.

ފުރަތަމަ ހާފުގައި އީގަލްސްގެ ޖަޕާނުގެ މިޑްފީލްޑަރު ކަޓްސުޔޯޝީ ކިމިޖިމާ އެވެ

ދެވަނަ ހާފުގައި އަހްމަދު ރިޒުވާން އީގަލްސް އަށް ނަތީޖާ ހަމަހަމަ ވެސް ކޮށްދިނެވެ. އަބްދުﷲ ސަމީހް މޫސާ، ގްރީގެ ހާފުގެ ތެރެއަށް ވަން ގޮތަށް ތުރޫ ޕާހެއް ރިޒޭ އަށް ދިނެވެ. ގްރީންގެ ކީޕަރު އަހްމަދު ރަމީޒަށް އެއްވެސް ފުރުސަތެއް ނުދީ ރިޒޭ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލި އެވެ.

ނަތީޖާ ހަމަހަމަކޮށްލައިގެން މެޗު ނިންމާލާކަށް ގްރީންއަކުން އީގަލްސް އަކަށް ފުރުސަތެއް ނުދިނެވެ.

އިތުރު ވަގުތުގައި އީގަލްސްގެ ހާފުގެ މެދެއްހާ ހިސާބުން ގްރީން އަށް ލިބުނު ހިލޭ ޖެހުން ރިލޭ ނަގައި ދިނީ އޭރިއާގެ ތެރެއަށެވެ. އެ ބޯޅައިގައި ގްރީންގެ މިސްރުގެ މިޑްފީލްޑަރު އަލް ސައީދު އަބްދުލް ފައްތާހް މަހުމޫދު ބޮލުން ޖަހައި އެ ބޯޅަ ގޯލް ކުރިމައްޗަށް ނަގައި ދިނެވެ.

އެ ބޯޅަ އުބައިދާ އަށް ފހިވުމުން އޭނާ ވެސް ކުރިއަށް އަރައި ބޮލުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލި އެވެ.