ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑުގައި، ހާސްވާނެ ތަނެއް ނެތް: ރައީސް
ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑުގައި، ހާސްވާނެ ތަނެއް ނެތް: ރައީސް

މި އަހަރުގެ ތެރޭގައި މާލޭގައި އިތުރު 3،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ސަރުކާރުން ފަށާނެ ކަމަށާއި އިގުތިސާދުގެ ދުވެލި ވެސް ހުރީ ރަނގަޅު ސްޕީޑުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑުގައި، ހާސްވާނެ ތަނެއް ނެތް: ރައީސް
ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑުގައި، ހާސްވާނެ ތަނެއް ނެތް: ރައީސް

ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި ޖަލްސާގައި އެ މަނިކުފާނު އިއުލާން ކުރެއްވި ގޮތުގައި، އެއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އިމާރާތް ކުރަން ނިންމާފައިވާ 4،000 ހައުސިން ޔުނިޓުގެ ބޭރުން ހަދަން ނިންމާފައިވާ 3،000 ޔުނިޓެވެ.

ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑުގައި، ހާސްވާނެ ތަނެއް ނެތް: ރައީސް
ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑުގައި، ހާސްވާނެ ތަނެއް ނެތް: ރައީސް

"އިރާދަކުރެއްވިއްޔާ އެ ކަމަށް ބޭނުންވާ [3،000 ހައުސިން ޔުނިޓު އިމާރާތް ކުރުން] ހުރިހާ ކަމެއް ނިމެމުން މިދަނީ. އަޅުގަނޑު ރައްޔިތުންނަށް ވީ އެންމެ ބޮޑު އެއް ވައުދު ބޯހިޔާވަހިކަން މިއީ. އިރާދަކުރެއްވީތީ ކުރިން އަޅުގަނޑު ވައުދުވި ގޮތަށް ރައްޔިތުންނަށް ލިބިފައި ހުރި ގޯތިތަކާއި ފްލެޓުތައް ވެސް މިދަނީ އެއްވެސް ބަދަލެއް ނުގެނެސް ހަވާލު ވެސް ކުރަމުން،" ވަރަށް ގިނަ އަދަދެއްގެ ބަޔަކާ އެކު ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދުތަކެއް މުޅި ސަރުކާރާއި ޕީއެންސީގެ ސަޕޯޓަރުންގެ އެހީތެރިކަމާ އެކު މިހާރު ވެސް ގެންދަވަނީ ފުއްދަވަމުން ކަމަށެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެތައް މަޝްރޫއެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

"މީގެ ތެރޭގައި މި ހުރީ އެތައް ޒަމާންތަކެއް ވަންދެން އެ ރައްޔިތުން ނިކަމެތިކޮށް އަޅާނުލައި ދޫކޮށްލުމުގެ ސަބަބުން ނުވެފައި ހުރި ކަންކަން. އެހެން ނަމަވެސް އަޅުގަނޑުމެންނަކީ ރައްޔިތުންނަށް ތަފާތު ކުރާނެ ސަރުކާރެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް މުހިންމު މި ސަރުކާރަށް މުހިންމު ހަމަ ކޮންމެ ރައްޔިތެއް ވެސް. އެއީ އެންމެ ކުޑަ އާއިލާ، އެންމެ ކުޑަ އާބާދީ އޮތް ރަށުގެ ރައްޔިތެއް ކަމުގައި ވިޔަސް އަދި ކޮންމެ ރަށެއްގައި ހުރި ރައްޔިތެއް ކަމުގައި ވިޔަސް ހުރިހާ ރައްޔިތުން ހަމަހަމަ."

ރައީސް ވިދާޅުވި ގޮތުގައި އެ ހުރިހާ ކަމެއް ކުރަނީ "ހަލާކުވެފައި، ވަޅުޖެހިފައި" އޮތް އިގުތިސާދު ނަގައި ކޮޅަށް ޖަހަމުންނެވެ. ނަމަވެސް މިހާރު ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑުގައި ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ. އަދި ކަންބޮޑުވެ، ހާސްވާން ޖެހޭ ކަމެއް އިގުތިސާދީ ގޮތުން މިހާރު ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދައްކަން ހުރި ދަރަންޏެއް ވިއްޔާ ދައްކަމުން އަދި އަޅުގަނޑުމެން އެކުވެރި ގައުމުތަކުން، އިއްޔެގައި ޗައިނާ ސަރުކާރުން، ޗައިނާގެ ނޭޝަނަލް ޑޭގައި އެ ބޭއްވި ޖަލްސާގައި އިއުލާން ކޮށްދެއްވީ ޗައިނާ އިން އަޅުގަނޑުމެން ދައްކަން ހުރި ދަރަނި ރިލީފްގެ ހުރިހާ އެގްރީމަންޓުތަކެއްގައި ސޮއިކޮށް ނިމިގެން، ހަމަޖެހިގެން ނިމިގެން ހިނގައްޖެ ކަން ވެސް،" ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން އިއްޔެ ބޭއްވި ޖަލްސާގައި ސަފީރު ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ އިން ދައްކަންޖެހޭ ދަރަނިތައް ކަންބޮޑުވުމެއް ނެތި ދައްކަމުން ދާނެ ކަމަށެވެ. އެ ކަން ކުރަނީ ޕްލޭނަކާ އެކު ކަަަމށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ނެތިން ރައްޔިތުން ބިކަ ހާލުގައި ޖައްސާކަށް. ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދަމުން އަޅުގަނޑުމެން ދާނީ، ބޭރުގެ ދަރަނި ދައްކަމުން ރައްޔިތުންގެ އެތެރޭގެ ދަރަނިތައް ވެސް ދައްކަމުން، އަދި އިރާދަކުރެއްވިއްޔާ ފައިސާ ޗާޕުނުކޮށް،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ފޯރިގަދަ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ރިޔާސީ ކެމްޕެއިންގައި އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ހަނދުމަފުޅުގައި އެބަހުރި ކަމަށެވެ. އަދި މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ، ރައްޔިތުންނަށް ކަންކަން ކޮށްދެއްވަން އެ މަނިކުފާނު ވައުދުވެވަޑައިގަންނަވަނީ އިހުލާސްތެރިކަމާ އެކު ކޮށްދެއްވުމަށް ކަަމަށެވެ.

ރައީސް ވިދާޅުވީ، ކޮންމެ ދުވަހަކު ކަހަލަ ގޮތަށް އިތުރު ކަންކަން ސަރުކާރުން ފަށަމުން އަދި ނިންމަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެކަން އިތުރަށް ފެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނު ގަބޫލުފުޅު ކުރައްވަނީ މާނަހުރި، ދެފުށްު ފެންނަ އަދި ދުރުރާސްތާ އަށް ވިސްނައިގެން ތަރައްގީ ގެނައުމެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާރު ބަދަލު ހިފުމުގެ ރޫހެއް އަދި އިންސާފުން ބޭރުން ކަންކަން ކުރުމުގެ ރޫހެއް ވެސް ނެތް ކަަމަށެވެ. ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރާނީ އަދުލުވެރިކަމާއި އިންސާފުން ކަމަށެވެ.

"މި ސަރުކާރަކީ ރައްޔިތުންނަށްޓަކައި ގާނޫނުގައި އޮންނަ ގޮތަށް ގާނޫނީ ވެރިކަން ކުރާނެ ސަރުކާރެއް. އިރާދަކުރެއްވިއްޔާ މި ގައުމުގައި ހަމަޖެހުމާއި ތަރައްގީ އާއި އަމާންކަން މި ސަރުކާރުން ޔަގީން ކޮށްދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.