ވިކްޓަރީން ބުނީ ބްރޭކަށްފަހު އަންނައިރު ޓީމުގެ ފެންވަރު ރަނގަޅުވާނެ ކަމަށް!
ވިކްޓަރީން ބުނީ ބްރޭކަށްފަހު އަންނައިރު ޓީމުގެ ފެންވަރު ރަނގަޅުވާނެ ކަމަށް!

ގައުމީ ޓީމުގެ ދެ މެޗަށް ހާއްސަކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލައި، އެނބުރި އަންނަ އިރު ވިކްޓަރީގެ ފެންވަރު ރަނގަޅުވާނެ ކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗު އާދަމް އަބްދުއްލަތީފު (ލައްޗޭ) ބުނެފި އެވެ.

ވިކްޓަރީން ބުނީ ބްރޭކަށްފަހު އަންނައިރު ޓީމުގެ ފެންވަރު ރަނގަޅުވާނެ ކަމަށް!
ވިކްޓަރީން ބުނީ ބްރޭކަށްފަހު އަންނައިރު ޓީމުގެ ފެންވަރު ރަނގަޅުވާނެ ކަމަށް!

ދޮޅު އަހަރުގެ ދިގު ބްރޭކެއް ލިބުނު އިރު ވެސް މި ސީޒަނަށް ތައްޔާރު ނުވެވުނު އެއް ޓީމަކީ ވިކްޓަރީ އެވެ. ފުރަތަމަ މެޗަށް ނުކުތް އިރު މުޅި ސްކޮޑް ވެސް ހަމައެއް ނުކުރެވުނެވެ. ހެޑް ކޯޗެއް ނެތުމުން ، ކުރީގެ އެއްވަނަ ފޯވާޑް ލައްޗޭ ވެސް އެ ކްލަބާ ހަވާލުވީ ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ.

ވިކްޓަރީން ބުނީ ބްރޭކަށްފަހު އަންނައިރު ޓީމުގެ ފެންވަރު ރަނގަޅުވާނެ ކަމަށް!
ވިކްޓަރީން ބުނީ ބްރޭކަށްފަހު އަންނައިރު ޓީމުގެ ފެންވަރު ރަނގަޅުވާނެ ކަމަށް!

ޓީމުގެ ބޯޑްގެ ގިނަ މެންބަރުން އިސްތިއުފާ ދީ، އާ އިންތިހާބަކަށް ފަހިކޮށް ދިންތާ ދުވަސްތަކެއް ފާއިތުވެގެން ދިޔަ އިރު ވެސް އިންތިހާބެއް ނުބޭއްވުނެވެ.

ބިދޭސީ ހަތަރު ޖާގަ އަށް ވެސް ވިކްޓަރީން މިހާރު ވަނީ ކުޅުންތެރިން ހޯދާފަ އެވެ. އެކަމަކު ރާއްޖެއާ ހަމައަށް އައީ ތިން ކުޅުންތެރިންނެވެ. އެންމެ ފަހުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ކިރިގިސްތާނުގެ ޑިފެންޑަރަކާއި މިސްރުގެ މިޑްފީލްޑަރަކު ކުޅެފައި ވެ އެވެ.

ކުރިއަށް އޮތް މެޗުގައި އޮޑި ސްޕޯޓްސްއާ ދެކޮޅަށް ބިދޭސީ ސްޓައިކަރަކު ފެންނާނެ ކަމަށް ލައްޗޭ ބުންޏެވެ. ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން އޭޝިއާގެ ކުޅުންތެރިޔެއްގެ ގޮތުގައި ވިކްޓަރީން ގެންނަނީ ކުރިން ވެސް އެ ޓީމަށް ކުޅުނު ސީރިއާގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރު މަހްމޫދު އަލް ޔޫސުފްކަން، އެ ޓީމުގެ އޮފިޝަލަކު ބުންޏެވެ.

އެ ކްލަބްގެ ހެޑް ކޯޗުގެ މަގާމަށް ސްލޮވާކިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯޖްލީ ގެރީ، ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު އަދި އޭނާ ވެސް ރާއްޖެ އައިސްފައެއް ނުވެ އެވެ.

އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖޭން ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ ދެ މެޗަށް، ދެ ހަފުތާ އަށް ވުރެ ދިގު މުއްދަތަކަށް ލީގު މެދުކަނޑާލާނެ އެވެ.

އެ ބްރޭކްގެ ބޭނުން ވިކްޓަރީ އަށް ރަނގަޅަށް ހިފާނެ ކަމަށް ލައްޗޭ ބުންޏެވެ. އެންމެ ފަހުން އެކުލަވާލި ގައުމީ ޓީމުގެ އައުޓްފީލްޑް މަގާމަށް ވިކްޓަރީގެ ކުޅުންތެރިޔަކު ނުނަގަ އެވެ. އެ ޓީމުން ފުރުސަތު ލިބުނީ ކީޕަރު މުހައްމަދު ޔާމީނެވެ. މިފަހަރުގެ ސްކޮޑުން ވެސް އެ ޓީމުގެ އައުޓްފީލްޑް މަގާމަށް ކުޅޭ ކުޅުންތެރިޔަކަށް ގައުމީ ޓީމުން ޖާގަ ލިބޭނޭކަމަކަށް ނުވެ އެވެ.

އެހެންވެ، އެ ޓީމުގެ މުޅި ސްކޮޑް އެކުގައި ޕްރެކްޓިސް ކުރަން ފުރުސަތު ލިބޭނެ ކަމަށް ލައްޗޭ ބުންޏެވެ.

ބްރޭކްތެރޭގައި ޖޯޖްލީ ގެރީ ވެސް ޓީމާ ގުޅޭނެ ކަމަށް ވިކްޓަރީގެ އޮފިޝަލަކު ބުންޏެވެ. ބްރޭކްގެ ބޭނުން ރަނގަޅަށް ހިފޭނެ ކަމުގެ އުއްމީދު ލައްޗޭ އާ ކުރި އެވެ. އެކަމަކު ބްރޭކާ މެދު ވިސްނުމުގެ ކުރިން އެ ޓީމުން ސަމާލަުކަން ދޭން ޖެހޭނީ ބުރާސްފަތި ދުވަހުގެ ރޭ އޮޑިއާ ދެކޮޅަށް ކުޅޭ މެޗާ މެދުގައި ކަމަށް އޭނާ ބުންޏެވެ.

"ބްރޭކަށް ދިއުމުގެ ކުރިން އެންމެ ފުރަތަމަ ވެސް ބަލަންވީ އޮޑިގެ މެޗަށް. އެ މެޗާ ހިސާބަށް ދާއިރު އިރާދަކުރެއްވިއްޔާ ޓީމު ވަރަށް ރަނގަޅު ފެންވަރެއްގައި އޮންނާނީ،" ލައްޗޭ ވާހަކަ ދެއްކި އެވެ.

"އެ މެޗު ނިންމާފައި ބްރޭކަށްދާއިރުގައި އަހަރެމެންގެ އަތުގައި، ވިކްޓަރީގައި ތިބޭނީ ލޯކަލް ޕްލޭޔަރުން. އެހެންވީމަ ގިނަ ޕްލޭޔަރުންނާ އެކު ހުރިހާ ކުޅުންތެރިން ހިމަނައިގެން ޓްރޭން ކުރަން ވަރަށް ގިނަ ވަގުތު ލިބޭނެ.

"އެހެން ވެއްޖެއްޔާ އެ ވަގުތުގައި ފޮރިން ޕްލޭޔަރުންނާ އެކު ޓީމު ވަރަށް ރަނގަޅަށް ޕާފޯމް ކުރެވޭ ވަރަށް ޓީމު ރެޑީވެގެން ނުކުމެވޭވަރު ވާނީ."

ލައްޗޭ ބުނީ އޮޑިން، ދުރާލައި ސީޒަނަށް ތައްޔާރުވުމުން އެ ޓީމުން އޭގެ ފައިދާ ފެންނަކަމަށެވެ. އަދި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ތިބުމުން ވެސް އޮޑި އޮތީ ރަނގަޅު ފެންވަރެއްގައި ކަމަށް ލައްޗޭ ބުންޏެވެ.

"އެހެންވީމަ އެ ޓީމު [އޮޑީ] ގައި އެ ހައިބަތު އޮންނާނެ،" ލައްޗޭ ބުންޏެވެ.

ވިކްޓަރީ އަށް އޮތީ އޮޑިއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރަކޮށް ތަމްރީނު ހަދައި ރަނގަޅަށް ތައްޔާރުވުން ކަމަށް ތަޖުރިބާކާރު ބުންޏެވެ. އޭނާ ބުނީ ފުރަތަމަ މެޗުން ބަލިވިޔަސް ދެވަނަ މެޗުން މޮޅުވުމުން ޓީމު ތެރޭގައި ޕޮޒިޓިވް ރޫހެއް މިހާރު އެބައޮތް ކަމަށެވެ.

"އެހެންވީމަ ކުޅުންތެރިންނަށް މި ބުނެދެނީ ޓްރޭނިންތަކުގައި ވެސް އެކްސްޓްރާ ހާޑް ކުރީމައޭ، މެޗުތަކުގެ ނަތީޖާ ރަނގަޅަށް އަންނާނީ. މިހާރު އެގޮތަށް ޓީމު ބައްޓަންވެގެން އެ ދަނީ،" ލައްޗޭ ބުންޏެވެ.