30 ސެޕްޓެމްބަރ 2025 - 21:02

ސިނަމާލޭ ބްރިޖާ ގުޅިފައިވާ މަގުތަކާއި ސިނަމާލޭ ބްރިޖުގެ ލައިޓްތައް ނުދިއްލޭތީ އެ ބްރިޖުން ދަތުރުކުރާއިރު ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
ފުލުހުން ބުނީ ބްރިޖުގެ ލައިޓުތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަޅާ އަނގޮޅީގައި ހަރުކޮށްފައިވާ ޓްރެފިކް ލައިޓް ނުދިއްލޭތީ އާއި ބައެެއް ވަގުތުތަކުގައި ވިއްސާރަވެހެމުންދާތީ ބްރިޖުން ދަތުރުކުރާއިރު ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެެ. އަދި ޓްރެފިކް ފްލޯ އޮމާންކަމާ އެކު ކުރިއަށްދާކަން ޔަގީންކުރުމަށް އެތަނުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ބުންޏެވެ.
ބްރިޖުން ދަތުރުކުރާއިރު ސަމާލުވުމުގެ އިތުރުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެދިފައިވެ އެވެ.