އިންޑިއާއަށް ދާއިރު އޮންލައިންކޮށް އެރައިވަލް ކާޑު ފުރަންޖެހޭ ގޮތް ހަދައިފި
އިންޑިއާއަށް ދާއިރު އޮންލައިންކޮށް އެރައިވަލް ކާޑު ފުރަންޖެހޭ ގޮތް ހަދައިފި

އިންޑިއާގެ އިމިގްރޭޝަނުން ގެނައި ބަދަލާ އެކު، މާދަމާ އިން ފެށިގެން އެ ގައުމަށް ދަތުރުކުރާ މީހުން "އިންޑިއަން ޑިޖިޓަލް އެރައިވަލް ކާޑު" ފުރަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އިންޑިއާގެ އިމިގްރޭޝަނުން ބުނި ގޮތުގައި އެ ގައުމަށް ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން މި ކާޑު އޮންލައިންކޮށް ފުރައި ހުށަހެޅޭނެ އެވެ.

އީ-އެރައިވަލް ކާޑު އެ ގައުމުގެ އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ފުރައިލެވޭނެ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާ އަށް ގޮސް އުޅޭ އިންޑިއާ އަށް ދިއުމުގެ ކުރިން މީގެ ކުރިން އޮންނަނީ އެ ގައުމަށް އެތެރެވުމަށް ފަހު، އެރައިވަލް ކާޑު އިމިގްރޭޝަނުގެ ކައުންޓަރާ ހަވާލުކުރަންޖެހޭ ގޮތަށެވެ.

އެކަމަކު އެ ހިދުމަތް އޮންލައިންކޮށް ދިނުމަށް ހަމަޖެއްސުމާ އެކު، އިމިގްރޭޝަން ކައުންޓަރު ކައިރީ ގިނަ ވަގުތުތަކެއް ހޭދަވާ މައްސަލަ އަށް ވަރަށް ބޮޑަށް ލުޔެއް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިންޑިއާ އަށް މަސައްކަތްކުރަންދާ މީހުންނާއި ޓޫރިސްޓުންނާއި ކިޔަވަންދާ ކުދިންނާއި ވިޔަފާރީގެ ބޭނުމަށްދާ މީހުން ވެސް މި ޑިޖިޓަލް ކާޑު ފުރަން ޖެހޭނެ އެވެ.