އައްޑޫގައި މީހަކަށް ވަޅިން ހަަމަލާދިން މީހާ ހައްޔަރުކޮށްފި
އައްޑޫގައި މީހަކަށް ވަޅިން ހަަމަލާދިން މީހާ ހައްޔަރުކޮށްފި

އައްޑޫ ހިތަދޫގައި މިމަހުގެ 23 ވަނަ ދުވަހުގެ ރޭ މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ ސ.ހިތަދޫ، ސަންރީފް، އަލީ އަސްޢަރު ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އޭނާ 30 ދުވަހަށް ބަންދުކުރަން އަމަރުކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވީ 34 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ ގައިގެ ދެ ތަނަކަށް ހަމަލާ ދިނުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެ، ފުރަަތަަމަ ފަރުވާ ދިނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މިއަދު ބުނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަނީ ގޭންގްތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.