އިމްރާން ހާޝްމީގެ "އާވާރަޕަން"ގެ ދެވަނަ ފިލްމު ގެނެސްދެނީ
އިމްރާން ހާޝްމީގެ "އާވާރަޕަން"ގެ ދެވަނަ ފިލްމު ގެނެސްދެނީ

ބޮލީވުޑްގެ ތަރި އިމްރާން ހާޝްމީގެ މަޝްހޫރު ފިލްމު "އާވާރަޕަން"ގެ ދެވަނަ ފިލްމެއް ގެނެސްދޭން ނިންމައި، އެކަން އިއްޔެ އިއުލާންކޮށްފި އެވެ.

"އާވާރަޕަން 2" އިއުލާންކުރީ އެ ފިލްމުގެ ޕްރޮޑިއުސަރު ވިހޭޝް ބަޓް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ. އެ ފިލްމުގެ ޝޫޓިން ފެށިކަން ހާމަކުރުމުގެ ގޮތުން އެ ޕޯސްޓުގައި ވަނީ ފުރަތަމަ މަންޒަރުގެ ކްލެޕްބޯޑުގެ ފޮޓޯއެއް ހިމަނައިފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ މަންޒަރުތައް ނަގަނީ ތައިލެންޑުގެ ބެންކޮކާއި އިންޑިއާގަ އެވެ. ޝޫޓިން ފެށީ ބެންކޮކުންނެވެ.

ލޯބީގެ ވާހަކަތައް ލިޔުމަށް މަޝްހޫރު އިންޑިއާގެ ލިޔުންތެރިޔާ ބިލާލް ސިއްދިގީގެ ވާހަކައަކަށް ހަދާ އެ ފިލްމު ޑައިރެކްޓުކުރަނީ "ނޯޓްބުކް" އާއި "ޖަވާނެ ޖާނެމަން" ކަހަލަ ފިލްމުތައް ގެނެސްދިން ނިތިން ކައްކަރު ކަމަށް ރިޕޯޓްތައް ބުންޏެވެ.

އެކްޝަން ރޮމޭންސް ފިލްމެއް ކަމަށްވާ "އާވާރަޕަން"އަކީ ކްރިޓިކުންގެ ތައުރީފު އޮއްސާލި ނަމަވެސް، ބޮކްސް އޮފީހުގައި ނާކާމިޔާބު ފިލްމެކެވެ. މިހާރު ވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އެއީ އިމްރާން ހާޝްމީ ކުޅުނު އެންމެ މޮޅު ފިލްމެވެ. އަދި އެ ފިލްމަށް ޕްރިތަމް ހަދައިދިން ލަވަތަކަކީ އަދިވެސް ވަރަށް މަޝްހޫރު ލަވަތަކެކެވެ.

"އާވާރަޕަން 2"ގެ ކާސްޓުގައި ދެން ހިމެނޭ އެކްޓަރުންނާއި އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އެ ފިލްމު ސިނަމާތަކަށް ގެންނަނީ އަންނަ އަހަރު އެޕްރީލް ތިނެއްގަ އެވެ.