ކުދިންތަކެއް ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
ކުދިންތަކެއް ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް އާންމުވެ އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އުތުރުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާ ދައުރުވަމުންދާކަން އެ އިދާރާގެ ސަމާލުކަމަށް އައުމާ ގުޅިގެން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ރަށު ޕޮލިސް ސްޓޭޝަނާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ވީޑިއޯގައި ފެންނަނީ ފިރިހެން ކުއްޖެއްގެ ގައިގައި އިތުރު ދެ ފިރިހެން ކުއްޖަކު ތަޅާ މަންޒަރެވެ.

ފުލުހުން ވަނީ އެ ވީޑިއޯ ދައުރުކުރުމަކީ އެ އަމަލުގެ ސަބަބުން ވިކްޓިމައިޒްވެފައިވާ ކުއްޖާ އިތުރަށް ވިކްޓިމައިޒްވެ ކުއްޖާގެ ކަރާމާތަށް އުނިކަމެއް އަންނާނެ ކަމަކަށްވާތީ އެ ވީޑިއޯ އިތުރަށް ޝެއާ ނުކުރުމަށް އެދިފަ އެވެ.