އެސްޓީއޯ އިން އެލްޖީ ޓީވީ ތައާރަފުކޮށް ހާއްސަ އޮފާއެއް
އެސްޓީއޯ އިން އެލްޖީ ޓީވީ ތައާރަފުކޮށް ހާއްސަ އޮފާއެއް

އެސްޓީއޯ އިން އެލްޖީ ޓީވީ ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އިން އެލްޖީ ޓީވީ ތައާރަފުކޮށް ހާއްސަ އޮފާއެއް
އެސްޓީއޯ އިން އެލްޖީ ޓީވީ ތައާރަފުކޮށް ހާއްސަ އޮފާއެއް

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެލްޖީ ޓީވީ ރަސްމީކޮށް ތައާރަފު ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ޝިމާދު އިބްރާހިމް އެވެ.

އެސްޓީއޯ އިން އެލްޖީ ޓީވީ ތައާރަފުކޮށް ހާއްސަ އޮފާއެއް
އެސްޓީއޯ އިން އެލްޖީ ޓީވީ ތައާރަފުކޮށް ހާއްސަ އޮފާއެއް

އެސްޓީއޯ އަށް އެލްޖީ ޓީވީ ތައާރަފު ކުރުމާ ގުޅިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށައިފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން އެލްޖީ ޓީވީތަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

އެސްޓީއޯގައި އެލްޖީ ޓީވީގެ އެކި ރޭންޖުތަކުގެ ޓީވީތައް މިހާރު އެބަހުއްޓެވެ. އޭގެ ތެރޭގައި އެޗްޑީ ޓީވީތަކުން ފެށިގެން 4ކޭ އަލްޓްރާ އެޗްޑީ އަދި 8ކޭ ޓީވީތައް ވެސް ލިބޭނެ އެވެ. އެންމެ ފަހުގެ ޓެކްނޮލަޖީ ހިމެނޭ އެލްޖީ ޓީވީތަކަކީ މަގުބޫލު ޓީވީ ބްރޭންޑެކެވެ.