28 ސެޕްޓެމްބަރ 2025 - 20:39

މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަންގެ މެމްބަރުން ހޮވާ އިންތިހާބަށް އޮބްޒާވަރުންނާއި މޮނިޓަރުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިއުލާނުކޮށްފި އެވެ.
އެ އިދާރާއިން ބުނީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހަތަރު މެމްބަރުން އިންތިހާބުކުރަން އަންނަ މަހުގެ 11 ވަނަ ދުވަހު ވޯޓުލާނެ ކަމަށެވެ. އެ ކޮމިޝަނަށް ކުރިމަތިލާން އަންނަ ހަފުތާގެ ހޮނިހިރު ދުވަހާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ.
އޭގެ އިތުރުން އިންތިހާބު މޮނީޓާކޮށް އޮބްޒާވަރުންނަށް ވުމަށް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އީސީން ބުނީ ފޯކަލް ޕޮއިންޓަށް ވުމަށް[email protected]އަށް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި my.elections.gov.mv ޕޯޓަލް އިން މޮނީޓަރަށް ވުމަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. މޮނީޓަރުންގެ މައުލޫމާތު ހުށަހަޅާނީ ފޯކަލް ޕޮއިންޓެވެ.
- 18 އަހަރުން މަތީގެ މީހަކަށް ވުން
- އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން
- އިންތިހާބުގައި އިތުރު އެހެން މަގާމަކަށް ކުރިމަތިލާފައިވާ މީހަކަށް ނުވުން
- އިންތިހާބުގައި ހަރަކާތްތެރިވާ މީހުންނަށް އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކަށްވުން
- ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއްކަން ނުވަތަ ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އީސީއަށް ކަށަވަރުވާ މީހަކަށްވުން
- 18 އަހަރުން މަތީގެ މީހަކަށް ވުން
- އިންތިހާބާ ބެހޭ އެއްވެސް މަސައްކަތެއްކުރަން އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހަކަށް ނުވުން
- އިންތިހާބުގައި ހަރަކާތްތެރިވާ މީހުންނަށް އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައިވުން
ބްރޯޑްކޮމްއަށް މީޑިއާތަކުން ހޮވަނީ ހަތަރު މެމްބަރުންނެވެ. އެއީ އޮންލައިން މީޑިއާތަކަށް ދެ މެމްބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކޮށްދޭނެ ދެ މެމްބަރެކެވެ. ހަތް މެމްބަރުން ތިބޭ ކޮމިޝަނަށް ބާކީ ތިން މެމްބަރުން އައްޔަންކުރާނީ މަޖިލީހުންނެވެ.
މީޑިއާތަކުގެ ކަންބޮޑުވުންތަކާ ހެދި އެ ބިލް ބޭރުކުރުމަށް ގޮވާލާފައިވަނިކޮށް، ކޮމިޓީގެ އިސްލާހުތަކާ އެކު ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ބިލް ފާސްކުރީ މި މަހުގެ 16 ވަނަ ދުވަހެވެ. އޭގެ ދެ ދުވަސް ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލް ތަސްދީގުކުރެއްވުމާއެކު، އެ ގާނޫނަށް އަމަލުކުރަން ވަނީ ފަށައިފަ އެވެ.