28 ސެޕްޓެމްބަރ 2025 - 18:38

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ވޭޕް އެތެރެކުރިކަމުގެ ތުހުމަތުގައި ހަތަރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ތިން ތަނެއް ފާސްކޮށް، ރާއްޖެ އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގައި ބޭނުންކުރާ ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
އޮފިޝަލް ވިދާޅުވީ ބަލައި ފާސްކުރި ތަންތަނުން މަސްތުވާތަކެއްޗާއި ވޭޕް އަދި ރާއްޖެ އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށެވެ.