28 ސެޕްޓެމްބަރ 2025 - 15:51

ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި. ދައުލަތުން އެދުނީ އަސާސީ އަދަބު ދޭން. އެއީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން. އެކަމަކު ގާޒީ ނިންމެވީ ސައީދު ހަތަރު އަހަރަށް ޖަލަށް ލާން. ސައީދު ކޮށްފައި ވަނީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށަކަށް ވާތީ އެ ކުށުގެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެއް.
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ސައީދުގެ އިތުރުން އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުވާ ކުރީ ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.
ސައީދު ކުށްވެރިވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބު ކަނޑައެޅުމުގެ ޝަރީއަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މިއީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ ކުށެކެވެ.
މި މައްސަލައިގައި ސައީދަށް ހުކުމްކުރި އިރު ފެނަކައިގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ހާމަވެފަ އެވެ. އެކަމަކު އޭނާ ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފަ އެވެ.
ސައީދުގެ މައްޗަށް ތުހުމަތުވާ ބައެއް މައްސަލަތައް އޭސީސީގައި މިހާރު ވެސް ކުރިއަށްދެ އެވެ.