އެމް-ފައިސާގެ ޓްރެވަލް އިންޝުއަރެންސް ފަސޭހައިން ފޯރުކޮށްދޭން "ފަތުރުވެރިންނާ" އެކު ޕާޓްނާޝިޕެއް
އެމް-ފައިސާގެ ޓްރެވަލް އިންޝުއަރެންސް ފަސޭހައިން ފޯރުކޮށްދޭން "ފަތުރުވެރިންނާ" އެކު ޕާޓްނާޝިޕެއް

އަމާނާ ތަކަފުލް މެދުވެރިކޮށް އެމް-ފައިސާއިން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރެންސްގެ ހިދުމަތް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މަޝްހޫރު ޓްރެވަލް އެޖެންސީ "ފަތުރުވެރިން ޓްރެވަލްސް"އާއެކު އެމް-ފައިސާއިން ޕާޓްނާޝިޕެއް ގާއިމްކޮށްފި އެވެ.

މި ޕާޓްނާޝިޕްގެ ސަބަބުން "ފަތުރުވެރިން"ގެ ކަސްޓަމަރުންނަށް ދަތުރުގައި ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެމް-ފައިސާއިން ބުންޏެވެ.

"ފަތުރުވެރިން ޓްރެވަލްސް" އަކީ އެންމެ ފުރިހަމަ އެޑްވެންޗާތައް ގެނެސްދިނުމުގެ އަމާޒުގައި މަސައްކަތް ކުރާ ޓްރެވަލް އެޖެންސީއެކެވެ. މިއީ ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް އެ ކަސްޓަމަރަކު ބޭނުންވާ ގޮތަކަށް ދަތުރުގެ ޕްލޭންތައް ހަދައިދިނުމަށް އެހީތެރިވެދޭ ޓްރެވަލް އޭޖެންސީއެކެވެ. އަދި އެމް-ފައިސާއާއެކު ގާއިމްކުރި ޕާޓްނާޝިޕްގެ ސަބަބުން އެ ޓްރެވަލް އޭޖެންސީ މެދުވެރިކޮށް ދަތުރުތައް ރާވާ ކަސްޓަމަރުންނަށް ޓްރެވަލް އިންޝުއަރެންސް ހަމަޖެއްސުމަށް އިތުރަށް ފަސޭހަވެގެން ދާނެ އެވެ.

އެމްފައިސާއިން އަމާނާ ތަކަފުލްއާ ގުޅިގެން ފޯރުކޮށްދޭ އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ ކަވަރެޖް ފޯރުކޮށްދޭ ޑިޖިޓަލް އިންޝުއަރެންސް ސޮލިއުޝަނެކެވެ. އެމްފައިސާގެ ޓްރެވަލް އިންޝުއަރެންސް ޕެކޭޖް އުރީދޫ ސުޕައެޕްގައި ހިމެނޭ އެމްފައިސާ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ގަނެވޭނެ އެވެ.

އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސް ޕެކޭޖުން، އެކްސިޑެންޓެއްގެ ސަބަބުން ނުކުޅެދުންތެރިކަމެއް ދިމާވުން ނުވަތަ ފުރާނަ ގެއްލޭ ފަދަ ހާދިސާތަކުގައި 771,000ރ. އާ ހަމައަށް ކަވާކޮށްދޭނެ އެވެ. އަދި ކުއްލި މެޑިކަލް ހަރަދުތަކަށް 1.5 މިލިއަން ރުފިޔާއާ ހަމައަށް ކަވަރެޖް ލިބޭނެ އެވެ. އަދި ޕާސްޕޯޓް ގެއްލުމާއި ބެގެޖް ގެއްލުން ނުވަތަ ކެންސެލޭޝަންގެ އިތުރުން 12 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވާ ޓްރެވަލް ޑިލޭތަކާއި ކަނެކްޓިން ފްލައިޓް ނުވަތަ ޑިޕާޗާއަށް ގަޑިއަށް ނުދެވިއްޖެނަމަ ކޮމްޕެންސޭޝަން ލިބޭނެ އެވެ.

އެމް-ފައިސާއިން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރެންސަކީ ދަތުރުމަތީގައި ކުރިމަތިވެދާނެ އެކި ހާލަތްތަކަށް ކަވަރެޖް ފޯރުކޮށްދޭ، ފަސޭހައިން ހިޔާރު ކުރެވޭނެ ޑިޖިޓަލް އިންޝުއަރެންސް ސޮލިއުޝަނެކެވެ.