28 ސެޕްޓެމްބަރ 2025 - 11:32

އެލް މޮބައިލްގެ ފިހާރަތަކުން އައިފޯން 17 ގަންނަ ކަސްޓަމަރުން ފޯނާ އެކު ގަންނަ އެކްސެސަރީސް އަށް ހާއްސަ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭނީ އައިފޯން 17 ގަތުމަށް ފަހު އޭގެ އެކްސަސަރީސް އަށް އެމްއައިބީ ކާޑުން ނުވަތަ ޕޭމަންޓް ރިންގުން ފައިސާ ދައްކާ ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި އެލް މޮބައިލްގެ ކޮންމެ ފިހާރައަކުން އައިފޯން 17 ގަނެގެން ވެސް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަންގައި އެމްއައިބީ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް އެލްމޮބައިލްގެ ފިހާރައަކުން އައިފޯން 17 ގަންނަ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަންގައި، އެލް މޮބައިލުން ގަންނަ އެޕަލް އެއާ ޕޮޑް، އެޕަލް ވޮޗް، ސްކްރީން ޕްރޮޓެކްޓާ އަދި ފޯން ކަވަރުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
އެމްއައިބީއަކީ ޒަމާނީ ވަސީލްތްތަކުގެ އެހީގައި ބޭންކިން ހިދުމަތް ދޭ ބޭންކެކެވެ. އެ ބޭންކުން އަންނަނީ ބޭންކަށް ނުގޮސް ވަގުތުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެމުންނެވެ. އެ ބޭންކުގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ހިދުމަތަކީ ބޭނުންކޮށްލަން ފަސޭހަ އަދި ރައްކާތެރި ހިދުމަތެކެވެ. އެ ބޭންކުން އެކި ފިހާރަތަކާ ގުޅިގެން މިފަދަ އެކި ޕްރޮމޯޝަންތައް ހިންގަ އެވެ.