ދިރާގުން ދޭ ދެ ލޯންޗް ހޯދުމުގެ ފުރުސަތު ހަތަރު ގުނަކޮށްދޭ އޮފާގެ މުއްދަތު ހަމަވަނީ
ދިރާގުން ދޭ ދެ ލޯންޗް ހޯދުމުގެ ފުރުސަތު ހަތަރު ގުނަކޮށްދޭ އޮފާގެ މުއްދަތު ހަމަވަނީ

ދިރާގު 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 4 ގުނަ ކޮށްދޭ އޮފާގެ މުއްދަތު އަންގާރަ ދުވަހު ހަމަވާނެ އެވެ.

ދިރާގުން ދޭ ދެ ލޯންޗު ހޯދުމުގެ ފުރުސަތު ހަތަރު ގުނަ ކޮށްދޭ އޮފާ އަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެންރޯލްކުރާ ކަސްޓަމަރުންގެ ފޯނު ނަމްބަރު ހަތަރު ފަހަރު އެންރޯލްކޮށްދީ، ލޯންޗު ލިބުމުގެ ފުރުސަތު ހަތަރު ގުނަކޮށް ދޭ އޮފާއެކެވެ.

މި އޮފާގެ އިތުރުން ދިރާގުޕޭއަށް ރަޖިސްޓްރީކޮށްގެން މި ޕްރޮމޯޝަންގެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރު ކުރެވޭނެ އެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓްރީކުރާ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ލިބި، މި އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާ ލިމިޓެއް ނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އައު ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޕެއިޑްގެ 450 އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމްއިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ. އަދި އެ ޕްރޮމޯޝަނުގައި ދިރާގާ އަލަށް ގުޅި އެ ޕެކޭޖުތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. މި ބޯޓުތަކަކީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ ބޯޓުތަކެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވާން ދިރާގުގެ "ވިން އަ ސްޕީޑްބޯޓު" ޕޯޓަލްއިން އެންރޯލް ކުރެވޭނެ އެވެ.