ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މީހާ ހައްޔަރު ކޮށްފި
ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މީހާ ހައްޔަރު ކޮށްފި

ހުޅުމާލެ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލް އަންހެނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ހުޅުމާލޭ 1 ގައި ހުންނަ ފިހާރައެެއްގައި މަސައްކަތްކުރާ 21 އަހަރުގެ އަންހެންމީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލީ އިއްޔެ މެންދުރެވެ.

ފުލުހުން ބުނީ އެ މައްސަލާގައި، ބަންގަލްދޭޝަށް ނިސްބަތްވާ ޖަހަންގިރް މިއާ، 25، ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރީ ސީސީޓީވީ ފޫޓޭޖް ބަލައިގެންނާއި އެހެނިހެން ގޮތްގޮތުން ކުރެވުނު ތަހުގީގުން އެ މީހާ ހުރި ތަން ހޯދައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހޮސްޕިޓަލުން ބުނީ ޒަހަމްވެގެން ގެނައި މީހާ "ސްޓޭބްލް" ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.