ފަހަތުން އަރައި ލީޑު ނަގާފައި ވަނިކޮށް އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްފި
ފަހަތުން އަރައި ލީޑު ނަގާފައި ވަނިކޮށް އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްފި

މެޑްރިޑް (ސެޕްޓެމްބަރު 27) - ވާދަވެރި ރެއާލް މެޑްރިޑުން ފަހަތުން އަރައި ލީޑު ނަގާފައި ވަނިކޮށް، އެތުލެޓިކޯ މެޑްރިޑުން 5-2 އިން ރެއާލް މެޑްރިޑް މިރޭ ބަލިކޮށްފި އެވެ.

ފަހަތުން އަރައި ލީޑު ނަގާފައި ވަނިކޮށް އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްފި
ފަހަތުން އަރައި ލީޑު ނަގާފައި ވަނިކޮށް އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްފި

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޑްރިޑް ޑާބީގައި އެތުލެޓިކޯ ވަނީ 14 ވަނަ މިނިޓުގައި ރޮބިން ލެ ނޯމަންޑްގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ނަމަވެސް ރެއާލް މެޑްރިޑުން 25 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ޖެހި ގޯލަކުން ނަތީޖާ އެއްވަރުކޮށް، އޭގެ 11 މިނިޓު ފަހުން އާޑާ ގުލާ ކާމިޔާބުކުރި ގޯލުން މެޗުގެ ލީޑު ނެގި އެވެ.

ފަހަތުން އަރައި ލީޑު ނަގާފައި ވަނިކޮށް އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްފި
ފަހަތުން އަރައި ލީޑު ނަގާފައި ވަނިކޮށް އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްފި

ރެއާލުން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް އެތުލެޓިކޯ އިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަލެކްސެންޑާ ސޯލޮތުގެ ގޯލަކުން ނަތީޖާ އެއްވަރުކުރި އެވެ. ދެވަނަ ހާފުގައި ތިން ގޯލު ޖަހައިގެން ވަނީ މި ސީޒަންގައި ރެއާލް ބަލިކުރި ފުރަތަމަ ޓީމުގެ ޝަރަފް ހޯދައިފަ އެވެ.

ދެވަނަ ހާފުގެ ފަސްވަނަ މިނިޓުގައި އެތުލެޓިކޯ ލީޑު ނެގީ ހޫލިއަން އަލްވަރޭޒް ކާމިޔާބު ކޮށްދިން ޕެނަލްޓީއަކުންނެވެ. މިއީ ގުލާ ކުރި ކުށަކުން އެތުލެޓިކޯ އަށް ލިބުނު ޕެނަލްޓީއެކެވެ. އަލްވަރޭޒް ވަނީ އޭގެ 12 ވަރަކަށް މިނިޓު ފަހުން، ފްރެންކޯ މަސްޓަންޓޫނޯ ކުރި ކުށަކުން ލިބުނު ހިލޭ ޖެހުމަކުން މެޗުގައި އޭނާގެ ދެވަނަ ގޯލު ޖަހައިފަ އެވެ.

އަލްވަރޭޒް ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އެ ޓީމު 3-2 އިން ރަޔޯ ވަޔެކާނޯ ބަލިކުރި މެޗުގައި ހެޓްރިކް ހަދައިފަ އެވެ.

އެތުލެޓިކޯ ރެއާލް ކޮޅަށް ޖެހި ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ.

މިރޭގެ ކުރިން ރެއާލް ކުޅުނު ހަ މެޗު ވެސް ކާމިޔާބު ކޮށްގެން ހޯދި 18 ޕޮއިންޓާ އެކު މިވަގުތު ރެއާލް އަދި އޮތީ ލީގުގެ އެއްވަނައިގަ އެވެ. ހަތް މެޗުން 12 ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ އޮތީ ތާވަލްގެ ހަތަރުވަނައިގަ އެވެ.

ލީގުގެ ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 16 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ އެވެ. ބާސެލޯނާ ވަނީ ބުރާސްފަތި ދުވަހުގެ ރޭ އޮވިއޭޑޯއާ ވާދަކޮށް 3-1 އިން މޮޅުވެފަ އެވެ. އެއީ ބާސާގެ ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން އެޓީމު މޮޅުވި 50 ވަނަ މެޗެވެ.

ބާސާގެ ލީގުގެ ހަތްވަނަ މެޗުގައި މާދަމާ ރޭ ރެއާލް ސޮސިއޭޑާޑާ ދެކޮޅަށް ނުކުންނާނެ އެވެ. ސްޕެނިޝް ލީގުގައި މިހާތަނަށް ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ބާސާ އެވެ.