އާލިއާ އާއި ސިދާރްތު އަތާއަތް ގުޅާލައިގެން
އާލިއާ އާއި ސިދާރްތު އަތާއަތް ގުޅާލައިގެން

ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އެންމެ ޒުވާން ޖޯޑުކަމަށްވާ އާލިއާ ބަޓް އާއި ސިދާރްތު މަލްހޯތުރާ އެމީހުންގެ ލޯބީގެ ގުޅުން އަބަދުވެސް ސިއްރުކުރެ އެވެ. ނަމަވެސް ދާދިފަހުން ބޭއްވި ފެޝަން ޝޯއަކަށް މި ދެ ތަރިން އަތާ އަތް ގުޅާލައިގެން ދިއުމުން މީހުން ގަބޫލުކުރަނީ އެ ދެ މީހުންގެ ގުޅުން ދެން ސިއްރުކުރަން ބޭނުން ނުވާ ކަމަށެވެ.

ސިދާރްތު އާއި އާލިއާ ރައްޓެހިވެގެން އުޅޭކަން ޔަގީންވީ ކަމަށް ބުނެ ސަޕޯޓަރުން އުފާ ފާޅުކުރަމުން ދިޔަ ނަމަވެސް މިއީ އެއްބަޔަކަށް ހިތްދަތި ކަމަކަށް ވެސް ވެދާނެ އެވެ.

އެއްބަޔަކު ބުނާ ގޮތުގައި ޝޯއަށް ފަހު ގެއަށް ދާނީ އެކުގައި ކަމަށް އާލިއާ ބުނި އަޑު ބައެއް މީހުންނަށް އިވުނެވެ.

މިއީ އާލިއާ އާއި ސިދާރްތު އެކުގައި ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. ވަރަށް ގިނަ ހަފުލާތަކާއި ޕާޓީތަކަށް އަދި ފިލްމު ބެލުމަށާއި އެނޫންވެސް ކަންކަމުގައި ދެ މީހުން އެކުގައި ބޭރުތެރޭން ފެނުމަކީ ވަރަށް އާއްމު ކަމެކެވެ.

ކަރަން ޖޯހަރްގެ ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ މިފަހަރުގެ ސީޒަންގައި އާލިއާ އާއި ވަރުން ބައިވެރިވި އެޕިސޯޑްގައި ވާހަކަ ދައްކަމުން ވަރުން ވެސް ވަނީ އާލިއާ އާއި ސިދާރްތުގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކާފަ އެވެ.

ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ ހިތް ވެސް މިވަރުން ވެސް ނުފުރެ އެވެ. އެމީހުން ބޭނުންވަނީ އާލިއާ އާއި ސިދާރްތު އެންމެންގެ ކުރިމަތީގައި އެމީހުންގެ ލޯތްބަށް އިއުތިރާފު ވާށެވެ.