27 ސެޕްޓެމްބަރ 2025 - 16:07

ހުޅުމާލޭ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލް އަންހެނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:45 ހާއިރު ކަމަށެވެ.
އަނިޔާވީ ހުޅުމާލޭ 1 ގައި ހުންނަ ފިހާރައެެއްގައި މަސައްކަތްކުރާ 21 އަހަރުގެ އަންހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމަކު އޭނާއަށް ހަމަލާދީ ކާކު ކަމެއް އަދި ކޮން މައްސަލައެއްގައި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.
ހޮސްޕިޓަލުން ބުނީ ޒަހަމްވެގެން ގެނައި މީހާ "ސްޓޭބްލް" ކަމަށެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.