26 ސެޕްޓެމްބަރ 2025 - 19:23

ތ. ގާދިއްފުށީ ބިން ހިއްކުމާއެކު އެ ރަށަށުގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް އަމަލީ މަސައްކަތް ފަށައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެން ރައްޔިތުންނަށް ސުވާލު ކުރުމުގެ ފުރުސަތުދީ ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމުގައި ބިން ހިއްކުމުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. އެމްޓީސިސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމަފައިވާ އެ މަސައްކަތުގެ އެއްބަސްވުމުގައި އެ ކުންފުނިން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދުﷲ އެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ.
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ރަށު ބިން ހިއްކުމުގެ މަސައްކަތަކީ އެ ރަށަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައި އޮތް ކަމެއް ކަމަށެވެ.
އާބާދީގައި 300އެއްހާ މީހުން ދިރިއުޅޭ އެ ރަށުގެ ބިން ހިއްކުމުގެ ބޭނުމަކީ ބޯހިޔާވަހިކަމާ އަދި އިގްތިސާދީ ފުރުސަތުތަކަށް މަގުފަހިކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްޓީސީސީގެ ސިއީއޯ ސައުދީ ވިދާޅުވީ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ ހުއްދަތައް ނަގައި، އޭގެ ތައްޔާރީތައް 65 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތް 580 ދުވަހުގެ ތެރޭގައި ނިންމާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
- ގާދިއްފުށި ސިއްހީ މަރުކަޒަށް އިތުރު ކުރެވޭ އާ އިމާރާތުގެ ބިންގާ އެޅުން
- ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް
- ރަށުގައި އަލަށް ގާއިމު ކުރި އޭޓީއެމްގެ ހިދުމަތް ފެށުން
- ފިޓްނެސް ސެންޓަރުގެ ބިންގާ އެޅުން