26 ސެޕްޓެމްބަރ 2025 - 17:06

ދިރާގު މެދުވެރިކޮށް އައިފޯން 17 ސީރީޒްގެ ފޯނުތަކަށް އޯޑަރު ކުރި ކަސްޓަމަރުންނާ އެ ފޯނުތައް ހަވާލުކޮށްފި އެވެ.

އެޕަލް އިން އެންމެ ފަހުން ނެރުނު ފޯނުތަކުގެ ޕްރީ އޯޑަރަށް ދިރާގުން ހުޅުވައިލީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ 12:01 ގަ އެވެ.
އެޕަލްއިން މި ފަހަރު ނެރުނު ފޯނު ސީރީޒްގައި އެންމެ ތުނި ފޯނާއި އެންމެ ވަރުގަދަ ފޯނު ހިމެނެ އެވެ. މިހާތަނަށް ނެރުނު އެންމެ ވަރުގަދަ ފޯނަކީ އެޕަލް 17 ޕްރޯ އެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ބެޓެރީއާ އެކު ހެދި އައިފޯނެވެ. އަދި އެންމެ ބާރުގަދަ އައިފޯނެވެ. މީގެ ތިން ކެމެރާއަކީ 48 މެގަޕިކްސެލްގެ ކެމެރާ އެވެ. މިއީ މިހާތަނަށް އޮޕްޓިކަލް ޒޫމް އެންމެ ވަރުގަދަ ފޯނު ކެމެރާ އެވެ. އަދި ކުރީގެ ފޯނުތަކަށް ވުރެ އެތައް ގުނައެއް ވަނީ ވަރުގަދަ ވެސް ކޮށްފަ އެވެ.
އައިފޯން 17ގެ ފޯނުތަކުގައި ވީޑިއޯގެ ފެންވަރު ވެސް އިތުރަށް ވަނީ ވަރުގަދަ ކޮށްފަ އެވެ.
ދިރާގުން ކޮންމެ އަހަރަކު ވެސް އެޕަލްގެ އެންމެ ފަހު ފޯނުތައް ކަސްޓަމަރުންނަށް ގެނެސްދެ އެވެ.