26 ސެޕްޓެމްބަރ 2025 - 11:49

ތ. ގުރައިދޫގައި އިމާރާތް ކުރާ ހޮސްޕިޓަލުގެ ބިންގާ އަޅައި މާލެ އިން ބޭރުގައި ސަރުކާރުން ބެހެއްޓި ފުރަތަމަ ޑީކޯ ޗެމްބަރު އެ ރަށުގައި މިއަދު ހުޅުވައިފި އެވެ.

ޖުމުލަ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

ގުރައިދޫގައި ޑީކޯ ޗެމްބަރު ހުޅުވީ އެމްއެންޑީފްގެ ހޮސްޕިޓަލް ސެނަހިޔާ ހައިޕާބެރިކް ސެންޓަރުގެ ނަމުގަ އެވެ. އެއީ އެމްއެންޑީއެފުން ވެސް ރާއްޖޭގައި އަދި ސަރުކާރުން މާލެއިން ބޭރުގައި ބެހެއްޓި ފުރަތަމަ ޗެމްބަރެވެ.
އެ ސެންޓަރު ގުރައިދޫގައި މިއަދުގެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު އެވެ.
ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ރޭ ވިދާޅުވީ އެ ތަން އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލުގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ޗެމްބަރު ހަދިޔާކޮށްފައި ވަނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.
"ވަރަށް ޒަމާނީ ވަރަށް ފުރިހަމަ އިކުއިޕްމަންޓެއް. 100 މީޓަރު އަޑިން ޑީކޯ ވިޔަސް ޓްރީޓްމަންޓް ދެވޭ ފެންވަރު މީގައި އެބަހުރި. އޭގެ އިތުރަށް ވެސް އޮކްސިޖަން ތެރަޕީ އާއި މިފަދަ އިތުރު އެހެން ކަންކަމަށް ވެސް ކަމާ ބެހޭ ޑޮކްޓަރުންނަށް އެ ޗެމްބަރުގެ ބޭނުން ހިފޭނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވައުދުވެވަޑައިގަތް ރަށްތަކުގައި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ޗެމްބަރުތައް ބަހައްޓައި ނިމޭނެ އެވެ.
އެއީ މާލޭގެ އިތުރުން އއ. ރަސްދު އާއި ގއ. ވިލިނގިއްޔާއި ގދ. ތިނަދޫ އަދި ފުވައްމުލަކާއި އައްޑު އެވެ.
- މަގުތައް ހެދުމުގެ މަސައްކަތް ބަޔަކާ ވަނީ ހަވާލުކޮށްފައި.
- ޒަމާނީ ފުޓުބޯޅަ ދަނޑެއް ހަދައިދޭނެ ކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި. އަންނަ މަހު އެ މީހުންނާ އެކު ސޮއިކޮށް އަންނަ އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި.
- ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފަށަން އޮތީ ތާވަލް ކޮށްފައި ކަަމަށް ރައީސް ވިދާޅުވި.
- ގުރައިދޫގެ ކުޑަކުދިންގެ ޕާކުގެ މަސައްކަތް މި އަހަރު ފަށާނެ.
- އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ކަންކަން މި އަހަރުގެ ނޮވެމްބަރުމަހު ފަށާނެ.
- ގުރައިދޫ އެއާޕޯޓު ޖުލައި 26، 2027 ގައި ހުޅުވާނެ ކަމަށް ރައީސް ރޭ އިއުލާން ކުރެއްވި. އެއާޕޯޓަށް ބޭނުންވާ ބިން މިހާރު ހިއްކައި ނިމިފައިވާއިރު އެއާޕޯޓު ހަދައި ހިންގަން ހަވާލުކުރީ އެމްއޭސީއެލްއާ.
- ގުރައިދޫގެ ބިމަށް ހަތް ހެކްޓަރު އިތުރު ކުރާނެ ކަމަށް ރައީސް ވިދާޅުވި.
ގުރައިދޫގައި 100 ހައުސިން ޔުނިޓު އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ.