74 ޕަސެންޓުގެ ވޯޓާ އެކު ތ. ގުރައިދޫ އަދިވެސް ހާއްސަ
74 ޕަސެންޓުގެ ވޯޓާ އެކު ތ. ގުރައިދޫ އަދިވެސް ހާއްސަ

މިދިޔަ ރިޔާސީ އިންތިހާބުގެ ކާމިޔާބީގެ ދުވަސްވަރުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެންމެ ހާއްސަ އެއް ރަށަކަށް ވެފައި ވަނީ ތ. ގުރައިދު އެވެ. އެ އިންތިހާބުގައި އެ މަނިކުފާނަށް އެއް ރަށަކުން އެންމެ ގިނަ ވޯޓު ދިނީ ގުރައިދޫންނެވެ. އެ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް މުއިއްޒަށް ގުރައިދޫން 74 ޕަސެންޓު ލިބިވަޑައިގަތުމުގެ ނަތީޖާއަކީ އެ މަނިކުފާނުގެ ފޯކަސް ގުރައިދު އަށް އެނބުރުމެވެ.

74 ޕަސެންޓުގެ ވޯޓާ އެކު ތ. ގުރައިދޫ އަދިވެސް ހާއްސަ
74 ޕަސެންޓުގެ ވޯޓާ އެކު ތ. ގުރައިދޫ އަދިވެސް ހާއްސަ

ކެމްޕެއިނަށް ފަހު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އިންތިހާބުގައި އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ރަށަށް ކަމަށް ވިދާޅުވި ވިދާޅުވުމާ އެއްގޮތަށް ފެބްރުއަރީ 6، 2024 ގައި ގުރައިދު އަށް ވަޑައިގަތެވެ. މުޅި ރަށް ކަހަލަ ގޮތަކަށް ނުކުމެ އެ އުފަލުގައި ބައިވެރިވި އެވެ.

74 ޕަސެންޓުގެ ވޯޓާ އެކު ތ. ގުރައިދޫ އަދިވެސް ހާއްސަ
74 ޕަސެންޓުގެ ވޯޓާ އެކު ތ. ގުރައިދޫ އަދިވެސް ހާއްސަ

ރައީސް ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހާއްސަކަން އެ މަނިކުފާނު ރޭ އަނެއްކާ ވެސް ގުޅުވައިލެއްވީ 2023 ގެ ރިޔާސީ ކެމްޕެއިނާ އެވެ. އެ ކެމްޕެއިންގައި ގުރައިދޫގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންބޮޑު ވައުދު ކަމަށްވާ އެ ރަށުގެ އެއާޕޯޓު މިއަދުން ފެށިގެން 22 މަސް ދުވަސް ތެރޭގައި ނިންމާނެ ކަމުގެ ވައުދެވެ.

74 ޕަސެންޓުގެ ވޯޓާ އެކު ތ. ގުރައިދޫ އަދިވެސް ހާއްސަ
74 ޕަސެންޓުގެ ވޯޓާ އެކު ތ. ގުރައިދޫ އަދިވެސް ހާއްސަ

ގުރައިދޫގެ ރައްޔިތުންނާ އެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، އިންތިހާބުގެ ކާމިޔާބީ އަށް ފަހު ފެބްރުއަރީ 2024 ގައި ވެސް އެ ރަށަށް ވަޑައިގަތީ ވައުދެއް ފުއްދެވުމަށް ކަމަށެވެ. އެއީ އެ މަނިިކުފާނަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ރަށަކަށް އިންތިހާބަށް ފަހު ފުރަތަމަ ދަތުރުފުޅު ކުރައްވާނެ ވައުދެވެ.

74 ޕަސެންޓުގެ ވޯޓާ އެކު ތ. ގުރައިދޫ އަދިވެސް ހާއްސަ
74 ޕަސެންޓުގެ ވޯޓާ އެކު ތ. ގުރައިދޫ އަދިވެސް ހާއްސަ

ރައީސް މުއިއްޒު ރޭ ވިދާޅުވީ، އޭގެ އެއް އަހަރާއި ހަތް މަސް ފަހުން އަނެއްކާ ވެސް ގުރައިދު އަށް އިއްޔެ ވަޑައިގަތީ ހަމަ ވައުދެއް ފުއްދަވަން ކަމަށެވެ. އެއީ ގުރައިދޫ އެއާޕޯޓުގެ ވައުދެވެ.

"އެއާޕޯޓުގެ މަސައްކަތަށް ބިން ހިއްކައި ނިމިއްޖެ. މިރޭ އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫއުއަކީ އެއާޕޯޓު އަޅައި، އެ އެއާޕޯޓު އޮޕަރޭޓް ކުރުމަށް ސޮއިކުރެވިގެން ދިޔަ އެއްބަސްވުން. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ އަޅުގަނޑުމެން މި ހަވާލުކުރީ މި މަސައްކަތް،" ރައީސް ވިދާޅުވި އެވެ.

"މި މަސައްކަތް މާދަމާއިން ފެށިގެން 22 މަސް ތެރޭގައި ނިންމައި އިރާދަކުރެއްވިއްޔާ ހުޅުވާލަނަން. މާނައަކީ 2027 ވަނަ އަހަރުގެ ޖުލައި މަހުގެ 26، މިނިވަން ދުވަހު އިރާދަކުރެއްވިއްޔާ މި ރަށުގައި އެއާޕޯޓު ހުޅުވާނަން."

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ގުރައިދޫ އެއާޕޯޓަކީ އެ ރަށުގެ އުމްރާނީ، އިގްތިސާދީ ތަރައްގީ އަށް ވަރަށް މުހިންމު ވަސީލަތެކެވެ.

"އިރާދަކުރެއްވިއްޔާ މިއީ ތަރައްގީގެ މުހިންމު ފެށުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ގުރައިދު އަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ އެ ރަށުގެ މަގު ހެދުމެވެ. އެ މަސައްކަތް ވެސް ރޭ ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އަދި ގުރައިދޫގެ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ވެސް މިއަދު ވަނީ ފެށުމަށް ރާފައިފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެއީ ގުރައިދު އަށް އެ މަނިކުފާނު ވެވަޑައިގެންނެވި މައިގަނޑު ތިން ވައުދު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ތިން މަޝްރޫއު ވެސް ވަރަށް ބާރު މިނުގައި، ވަރަށް ހަލުވިކޮށް ވަރަށް ފުރިހަމަކަމާ އެކީގައި، އެ ކަމާ ހަވާލުވެ ތިއްބެވި ކުންފުނިތަކުން ކަމާ ބެހޭ ވުޒާރާތަކުން ބަލަހައްޓަވަމުން ރަނގަޅަށް ކުރިއަށް ގެންދަވާނެ. އެހެންވީމާ ކުރިއަށް އޮތީ ވައުދުތަކުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގޮސް ނިމޭ ދުވަސްތައް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ރޭ ވިދާޅުވީ، ގުރައިދޫން ގޯތި ލިބިފައިވާ މީހުންގެ ގޯތީގައި ގެ އަޅައި ދިނުމުގެ މަޝްރޫއެއް ވެސް ސަރުކާރުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެ ސްކީމުގެ ދަށުން ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 100 ހައުސިން ޔުނިޓް ގުރައިދު އަށް ހާއްސަ ކުރާނެ ކަމަށް އެ މަނިކުފާނު ރޭގެ ޖަލްސާގައި އިއުލާން ކުރެއްވި އެވެ.

"ކައުންސިލުން މިނިސްޓްރީ އަށް ހުށަހަޅުއްވާނެ މީގައި ކޮން ގޮތެއްތޯ؟ ދެ ގޮތަށް ވެސް ގެންދެވޭނެ މި ހައުސިން ޔުނިޓުތައް. ސަތޭކަ ހައުސިން ޔުނިޓުގެ ތެރެއިން އެއް ބައި ވަކި ސަރަހައްދެއްގައި، ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައި އޮންނަ ޕަބްލިކް ހައުސިން އޭރިއާގައި ވެސް އެޅިދާނެ. އަނެއްބައި ވަކިވަކި ގޭގޭގައި ވެސް އެޅިދާނެ. ނޫނިއްޔާ މުޅިން އެއްކޮށް ވެސް ގޭގޭގައި އެޅިދާނެ. ގޮތެއް ނިންމަވައި ދެއްވާނީ ކައުންސިލުން ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ރޭގެ ޖަލްސާގައި ގުރައިދޫގެ ރައްޔިތުންނަށް ދެއްވި އަނެއް ޔަގީން ކަމަކީ ހަތް ހެކްޓަރުގެ ބިން ހިއްކައިދޭނެ ކަަމަށެވެ. ވިދާޅުވީ، ގާދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައި އެމްޓީސީސީ ފައިބައިގެން ދާނީ ގުރައިދު އަށް ވެސް ހަތް ހެކްޓަރުގެ ބިން އިތުރު ކޮށްދީފައި ކަމަށެވެ.

ރައީސް ވިދާޅުވީ، ގުރައިދޫ ބޮޑުކުރުމުގެ މަޝްރޫއު ވެސް އަންނަ އަހަރުގެ ބަޖެޓުގައި ޖަހާނެ ކަމަށެވެ. އެ ކަން ކުރައްވާނީ ބަނދަރުގެ ފައިނަލް ޑިޒައިން ގުރައިދޫން ކަނޑައަޅާ ހިސާބުން ކަމަށް ވިދާޅުވި އެވެ.

- ޒަމާނީ ފުޓުބޯޅަ ދަނޑެއް ހަދައިދޭނެ ކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި. އަންނަ މަހު އެ މީހުންނާ އެކު ސޮއިކޮށް އަންނަ އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި.

- ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފަށަން އޮތީ ތާވަލް ކޮށްފައި ކަަމަށް ރައީސް ވިދާޅުވި.

- ގުރައިދޫގެ ކުޑަކުދިންގެ ޕާކުގެ މަސައްކަތް މި އަހަރު ފަށާނެ.

- އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ކަންކަން މި އަހަރުގެ ނޮވެމްބަރުމަހު ފަށާނެ.