އަނެއްކާވެސް ސެންޓޭގެ ޖާދޫގެ ފްރީކިކް ގޯލެއް، ނިއު އެއްވަނައިގައި ދަމަހައްޓައިފި
އަނެއްކާވެސް ސެންޓޭގެ ޖާދޫގެ ފްރީކިކް ގޯލެއް، ނިއު އެއްވަނައިގައި ދަމަހައްޓައިފި

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކޮޅަށް އަލީ ފާސިރު (ސެންޓޭ) ވައްދާލި ހިލޭޖެހުމުން ނިއު ރޭޑިއަންޓުން ރޭސް ދަމަހައްޓައިފި އެވެ.

އަނެއްކާވެސް ސެންޓޭގެ ޖާދޫގެ ފްރީކިކް ގޯލެއް، ނިއު އެއްވަނައިގައި ދަމަހައްޓައިފި
އަނެއްކާވެސް ސެންޓޭގެ ޖާދޫގެ ފްރީކިކް ގޯލެއް، ނިއު އެއްވަނައިގައި ދަމަހައްޓައިފި

މެޗުން، ނިއު މޮޅުވީ 2-0 ނެވެ.

އަނެއްކާވެސް ސެންޓޭގެ ޖާދޫގެ ފްރީކިކް ގޯލެއް، ނިއު އެއްވަނައިގައި ދަމަހައްޓައިފި
އަނެއްކާވެސް ސެންޓޭގެ ޖާދޫގެ ފްރީކިކް ގޯލެއް، ނިއު އެއްވަނައިގައި ދަމަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ކުޅުނު ފުރަތަމަ މެޗުގައި ވެސް ސެންޓޭ، ވަނީ ހިލޭ ޖެހުމަކުން ޓީސީ ކޮޅަށް ލަނޑު ޖަހައިފަ އެވެ.

މިރޭ ޔޫވީއާ ދެކޮޅަށް ވެސް އޭނާ ލަނޑު ޖެހީ ގާތްގަނޑަކަށް އެއް ހިސާބަކުން ލިބުނު ހިލޭޖެހުމަކުންނެވެ.

މެޗުގެ ބޮޑު ބައެއްގައި ޔޫވީގެ ގޯލް ފޫއަޅުވާލަން ނިއު އަށް ވީ އުނދަގޫ ކަމަކަށެވެ.

އެކަމަކު ސެންޓޭ ފޮނުވާލި ހިލޭޖެހުން ދިފާއު ކުރަން އޭނާ އަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

ނިއުގެ ފޯވާޑުންނަށް ޖާގަ ނުދޭން ޔޫވީން ކުޅުނީ ޑިފް ޑިފެންސިވް ލައިނެއްގަ އެވެ. އެކަމަކު އެ ޓީމު ކޮޅަށް ވަން ލަނޑަށް ފަހު ޑިފެންސުން އިތުރު ޖާގަތައް ނިއު އަށް ލިބުނެވެ.

އެ ޓީމުގެ ދެވަނަ ލަނޑު ބްރެޒިލް ވިންގާ ގުއިލާމޭ ސިލްވާ ޖެހީ ޑިފެންސް އިތުރަށް ހުޅުވުމުން ލިބުނު ޖާގައިގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ތަނަވަސް ކުރި ފުރުސަތުންނެވެ.

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ނިއުއިން ވަނީ އެ ޓީމުން ކުޅުނު ދެ މެޗުގައި ޖުމުލަ އަށް ލަނޑު ޖަހައިފަ އެވެ. ޕާކިސްތާނުގެ ގައުމީ ކީޕަރު ސާގިބް ހަނީފް ބަލަހައްޓާ ގޯލަށް އަދި މިހާތަނަށް ގޯލެއް ނުވަދެ އެވެ.

އެހެންވެ ނިއު އެއްވަނައިގައި އޮތީ ފައިދާ އަށް ގޯލާ އެކު އެވެ. ދެވަނައިގައި އޮތް މާޒިޔާ އަށް އޮތީ ފައިދާ ހަތް ގޯލެވެ.