ސަރުކާރުގެ ފުރަތަމަ ޑީކޯ ޗެމްބަރު ގުރައިދޫގައި މާދަމާ ހުޅުވަނީ
ސަރުކާރުގެ ފުރަތަމަ ޑީކޯ ޗެމްބަރު ގުރައިދޫގައި މާދަމާ ހުޅުވަނީ

މި ސަރުކާރުގެ ވައުދާ އެއްގޮތަށް ފުރަތަމަ ޑީކޯ ޗެމްބަރު ތ. ގުރައިދޫގައި މާދަމާ ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފުރަތަމަ ޑީކޯ ޗެމްބަރު ގުރައިދޫގައި މާދަމާ ހުޅުވަނީ
ސަރުކާރުގެ ފުރަތަމަ ޑީކޯ ޗެމްބަރު ގުރައިދޫގައި މާދަމާ ހުޅުވަނީ

ފީނާއިރު ޑީކޮމްޕްރެޝަން ނުވަތަ ޑީކޯވާ މީހުންނަށް ފަރުވާދޭ ޗެމްބަރުގެ ހިދުމަތް އެކި ރަށްތަކުގައި ގާއިމްކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެ ހިދުމަތް ފަށަން ނިންމި ރަށްތަކުގެ ތެރެއިން ފުރަތަމަ ޗެމްބަރެއް ބަހައްޓަނީ ގުރައިދޫގަ އެވެ.

ސަރުކާރުގެ ފުރަތަމަ ޑީކޯ ޗެމްބަރު ގުރައިދޫގައި މާދަމާ ހުޅުވަނީ
ސަރުކާރުގެ ފުރަތަމަ ޑީކޯ ޗެމްބަރު ގުރައިދޫގައި މާދަމާ ހުޅުވަނީ

ޖަޕާން ސަރުކާރުން ހަދިޔާކޮށްފައިވާ އެ ޗެމްބަރު އޮޕަރޭޓްކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ސެނެހިޔާ ހޮސްޕިޓަލުގެ ބެލުމުގެ ދަށުންނެވެ.

ސަރުކާރުގެ ފުރަތަމަ ޑީކޯ ޗެމްބަރު ގުރައިދޫގައި މާދަމާ ހުޅުވަނީ
ސަރުކާރުގެ ފުރަތަމަ ޑީކޯ ޗެމްބަރު ގުރައިދޫގައި މާދަމާ ހުޅުވަނީ

ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިރޭ ވިދާޅުވީ މާދަމާ ހިދުމަތް ފަށާ ޑިކޯ ޗެމްބަރަކީ މަސްވެރިންނާއި ޑައިވްކުރާ މީހުންގެ ފުރާނަ ސަލާމަތްކުރަން މުހިއްމު ހިދުމަތެއް ކަމަށެވެ.

"ވަރަށް ޒަމާނީ ވަރަށް ފުރިހަމަ އިކުއިޕްމަންޓެއް. 100 މީޓަރު އަޑިން ޑީކޯ ވިޔަސް ޓްރީޓްމަންޓް ދެވޭ ފެންވަރު މީގައި އެބަހުރި. އޭގެ އިތުރަށް ވެސް އޮކްސިޖަން ތެރަޕީ އާއި މިފަދަ އިތުރު އެހެން ކަންކަމަށް ވެސް ކަމާ ބެހޭ ޑޮކްޓަރުންނަށް އެ ޗެމްބަރުގެ ބޭނުން ހިފޭނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވައުދުވެވަޑައިގަތް ރަށްތަކުގައި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ޗެމްބަރުތައް ބަހައްޓައި ނިމޭނެ އެވެ.

އެއީ މާލެ އާއި އއ. ރަސްދު އާއި ގއ. ވިލިނގިއްޔާއި ގދ. ތިނަދޫ އަދި އައްޑު އާއި ފުވައްމުލަކެވެ.

ޑީކޯވުމަށް މެދުވެރިވަނީ ޑައިވް ކުރުމުގައި އަޑިއަށް ދިއުމަށް ފަހު, މައްޗަށް އަރަން ޖެހޭ ދުވެއްޔަށް ވުރެ މާ އަވަހަށް މައްޗަށް އެރުމުންނެވެ. އެހެންވުމުގެ ސަބަބުން ހަށިގަނޑުގައި އޮކްސިޖަން ދައުރު ވުމުގައި މައްސަލަ ދިމާވެ އެވެ. އަދި ހަށިގަނޑުގެ ލޭގެ އެތެރޭގައި، އެކި ތަންތަނުގައި ގޭސް ބޮކިތަކެއް އުފެދެ އެވެ.

އެ ބޮކިތައް ގޮސް ހަށިގަނޑުގެ ކޮންމެވެސް ގުނަވަނެއްގައި ހަރުލަ އެވެ. އަދި އެ ތަނަށް ލޭ ދައުރުވާ މިންވަރު މަދުވެ އެވެ. ޑީކޮމްޕްރެޝަނަކީ އެ އުފެދޭ ބޮކިތަކެވެ.

ގާނޫނުގައި ބުނާ ގޮތުން ޑައިވަރުންނަށް އެންމެ އަޑިއަށް ދެވޭނީ 30 މީޓަރަށެވެ. ނަމަވެސް, ބައެއް ފަހަރަށް ޑައިވަރުން ވެސް އެއަށްވުރެ އަޑިއަށް ދެ އެވެ. ހާއްސަކޮށް މަސްވެރިން އެން ހޯދުމަށާއި ލަނޑާ ނެގުންފަދަ ކަންކަމަށް 30 މީޓަރަށްވުރެ އަޑިއަށް ފީނަ އެވެ.

ރާއްޖޭގައި ފުރަތަމަ ޑީކޯ ޗެމްބަރެއް ބެހެއްޓީ 1993 ވަނަ އަހަރު ބަނޑޮސް މޯލްޑިވްސްގަ އެވެ.