އައިފޯނުތައް ހަވާލުކުރަން އުރީދޫގައި ލައިވް މިއުޒިކާ އެކު ކުލަގަދަ ޝޯއެއް ކުރިއަށް ދަނީ
އައިފޯނުތައް ހަވާލުކުރަން އުރީދޫގައި ލައިވް މިއުޒިކާ އެކު ކުލަގަދަ ޝޯއެއް ކުރިއަށް ދަނީ

އުރީދޫ މެދުވެރިކޮށް އައިފޯން 17 އޯޑަރު ކުރި ފަރާތްތަކަށް ފޯނުތައް ހަވާލުކުރުމަށް އުރީދޫގައި ލައިވް މިޔުޒިކާއި އެކު ފޯރިގަދަ ޝޯއެއް ފަށައިފި އެވެ.

އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޝޯ، މިރޭ 11:30އާ ހަމައަށް ކުރިއަށް ދާނެ އެވެ. މި ޝޯކުރިއަށް ދަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ބަޖިއްކޮއާ ފާލިހުއާ އެކު އެވެ،

އުރީދޫން އައިފޯނު ޕްރީ އޯޑަރަށް ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 12:02 އެވެ.

އުރީދޫގެ އީކޮމާސް ޕްލެޓްފޯމު މެދުވެރިކޮށް އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީ އޯޑަރަށް ހުޅުވާލި ފުރުސަތުގެ ބޭނުންކޮށް ގިނަ ބަޔަކު ވަނީ ފޯނަށް ޕްރީއޯޑަރު ދީފަ އެވެ.

އުރީދޫން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ވަސީލަތްތައް ވީހާވެސް އަވަހަކަށް ދިވެހިންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެޕަލްގެ ފޯނުތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗަކަށް ވާއިރު ކޮންމެ އަހަރަކު ވެސް އުރީދޫން އެޕަލްގެ ފޯނުތައް ގަތުމުގެ ފުރުސަތު ހޯދައި ދެ އެވެ.