އިންޑިއާގެ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
އިންޑިއާގެ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ވިލިމާލެއާ ދިމާ ބޭރުގައި އަޅާފައި އޮތް އިންޑިއާގެ ބޯޓަކުން ކަނޑަށް ވެއްޓިގެން ހޯދަމުން އައި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެސްވީ ޑައުލާ ނަމަކަށް ކިޔާ ބޯޓުން ކަނޑަށް މީހަކު ވެއްޓިގެން ރިޕޯޓުކުރީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 11:35 ހާއިރެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުން ކަނޑަށް ވެއްޓިގެން ހޯދަމުން ދިޔަ މީހާގެ ހަށިގަނޑު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އަށް ކ. ފޭދޫފިނޮޅުގެ ދެކުނުން ފެނިފައިވާ ކަމަށެވެ.

އެ މީހާގެ ހަށިގަނޑު ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެެވެ.

ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވާ ފެނުނުއިރު އޭނާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ އެވެ.