ހއ. އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އިމާރާތް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
ހއ. އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އިމާރާތް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އާ އިމާރާތް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ހއ. އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އިމާރާތް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
ހއ. އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އިމާރާތް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ހެލްތު މިނިސްޓްރީން ބުނީ 50 އެނދުނު އާ ހޮސްޕިޓަލް އިމާރާތާއި ސާވިސް ބިލްޑިން އެޅުމަށް އެމްޓީސީސީއާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.

ހއ. އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އިމާރާތް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
ހއ. އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އިމާރާތް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

އެ ކުންފުނީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުލް ރަހްމާން ޔޫސުފެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަޝްރޫއު ހަވާލުކުރީ 185.6 މިލިއަން ރުފިޔާ އަށެވެ.

އަލަށް އިމާރާތްކުރާ ފަސް ބުރީގެ އެ އިމާރާތުގައި އައިސޮލޭޝަން ފެސިލިޓީ އާއި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ހިމެނޭނެ އެވެ. އޭގެ ތެރޭގައި އެކްސްރޭ އާއި ސީޓީ އާއި އެމްއާރުއައި އަދި މެމޮގްރަފީ އާއި އަލްޓްރާސައުންޑް ސްކޭން ހެދޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ބުންޏެވެ.

އެ މަޝްރޫއުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި އިންޑަސްޓްރިއަލް ލޯންޑްރީއަކާއި އޮކްސިޖަން ޕްލާންޓެއް ވެސް ހިމެނެ އެވެ.

މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލު ވެގެންދާނީ ޒަމާނީ ފެންވަރަށް ގާއިމުކުރެވޭ ޖާގަ ތަނަވަސް ހޮސްޕިޓަލު އިމާރާތަކަށް ކަމަށެވެ.