ދިޔަމިގިލި-މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި
ދިޔަމިގިލި-މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި

ތ. އަތޮޅުގެ ތިން ރަށް، ދިޔަމިގިލި-މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.

ދިޔަމިގިލި-މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި
ދިޔަމިގިލި-މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި

ކޮންސްޓަރަކްޝަން މިނިސްޓްރީން އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

ދިޔަމިގިލި-މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި
ދިޔަމިގިލި-މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި

އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދިޔަމިގިއްޔަށް ވަޑައިގެންނެވެ.

ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ކޯޒްވޭގެ މަސައްކަތަކީ އެ ރަށުގެ ތަރައްގީގެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އެއީ އެއްފަސް ކުރުމަށް އެޅުމު މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ކޯޒްވޭގެ މަޝްރޫއު، މި ރަށުން ގޮސް މަޑިފުށިން ގޮސް އުފުރިޔާ ހަމައަށް ގުޅިގެންދާ ގޮތަށް 18 މަސް ދުވަސް، ދޮޅު އަހަރުން ނިންމާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ވޭމަންޑޫ-ކިނބިދޫ ބްރިޖްގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވައި އެކަން ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ކިނބިދޫގެ ބިން ހިއްކައި ނިންމާފައިވާއިރު ވޭމަންޑޫ ބިން ހިއްކަން ރޭ ވަނީ ހަވާލުކޮށްފަ އެވެ.

ވޭމަންޑުއަކީ ތ. އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވާތީ، ގިނަ ހިދުމަތްތައް ވެސް ގާއިމުވެފައި ހުރީ އެ ރަށުގަ އެވެ. ދެ ރަށް ގުޅުވާލާ ކޯޒްވޭގެ ސަބަބުން އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ދަތުރުކޮށް، ހިދުމަތްތައް ލިބުމުގައި ލުއި ފަސޭހަވާނެ އެވެ.

މުއްޔާއި ނާލާފުއްޓާ ދެމެެދުގައި ކޯޒްވޭ އެޅުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއުގެ ދަށުން 565 މީޓަރުގެ ކޯޒްވޭއެއް އަޅާނެ އެވެ. އަދި ކޯޒްވޭގެ ތިން ސެގްމެންޓެއްގައި 105 މީޓަރުގެ ބްރިޖެއް ހަދާނެ އެވެ.

ކުދި އާބާދީ އޮންނަ ރަށްތައް، ބޮޑެތި ރަށްރަށް އެއްފަސް ކުރުމަކީ ތާއީދު ކުރައްވާ ކަމެއްކަން ފާހަގަ ކުރައްވައި ރައީސް މިއަދު ވިދާޅުވީ ވަސީލަތްތައް މަދު އަދި ކުދި ރަށްތަކުގައި ދިރިއުޅޭ އެންމެން އެ އަށް ވުރެ ބޮޑެތި ރަށްރަށަށް ބަދަލުވާން ސަރުކާރުން ހިތްވަރު ދޭ ކަމަށެވެ. އެ ކަމަކު އެކަން ކުރިއަށް ގެންދަން ބޭނުންފުޅުވަނީ ރައްޔިތުން އަމިއްލަ އަށް ބޭނުންވެގެން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކިނބިދު އާއި ވޭމަންޑޫ ގުޅުވައިދޭ ކޯޒްވޭ ހަދާނީ އިންވެސްޓާ ފައިނޭންސް މޮޑެލްއެއްގެ ދަށުންނެވެ. އެއީ އެލާ، ޓޫރިޒަމް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓަށް ދޫކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް ވެސް ވިދާޅުވި އެވެ.